ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކް މައްސަލައިގައި ބީއެމްއެލްއާ ދެކޮޅަށް ދައުވާ ކުރަނީ

ކޭޕާކް މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޭޕާކް ރެސިޑެންސްގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ހަންބޯ ކޮމްޕެނީ އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ދެކޮޅަށް ދައުވާ ކޮށްފިއެވެ.

ކޭޕާކް ރެސިޑެންސްގެ މައްސަލައާއި ގުޅިގެން ހަންބޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން އެ ކުންފުނީގެ އަނެއް ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މުއާމަލާތްކޮށްފައިވާ ކަމަށާއި އޭގެ ބޭންކު ސްޓޭޓްމަންޓްތައް ދޭން ބީއެމްއެލްގައި އެދުމުން އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ. އަދި ބީއެމްއެލްއިން އެކައުންޓުތައް ހުޅުވުމުގައި އަމަލުކޮށްފައި ވަނީ ޒިންމާދާރު ކަމެއް ނެތި ކަމަށް ވެސް ހަންބޯއިން ތުހުމަތުކުރެ އެވެ.

ހަންބޯއިން ބުނީ ބޭންކްގެ ސަމާލުކަމަށް އެކައުންޓްތަކުގެ މައްސަލަ އޭފްރީލް 27 ގައި ގެނައި ކަމަށާއި އެ ކަން ބޭންކްގެ ސަމާލުކަމަށް ގެނައި ފަހުން ވެސް މަމްދޫހަށް އެކައުންޓްތަކަށް އެކްސެސްވެވޭ ކަމަށެވެ.

ހަންބޯއިން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ އެކައުންޓްތަކުގެ ބޭންކް ސްޓޭޓްމެންޓް ހޯދުމަށާއި އެކައުންޓްތައް ހުޅުވުމަށް މަމްދޫހުގެ ފަރާތުން ބީއެމްއެލް އަށް ހުށަހެޅި ލިޔެކިޔުންތަކުގެ ކޮޕީ ހޯދުމަށް ކޯޓު އަމުރެއް ނެރެދިނުމަށެވެ.

ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށް ހަންބޯ ޓެކް ކޮރެއާ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 9، 2016 ގަ އެވެ.

ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ.

ހަމްބޯ ކުންފުނީގެ މައި ހިއްސާދާރު ޖިން ޝިހޫ މިމަހުގެ 3 ވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަކާރައި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކާ އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަަމަށެވެ. އަދި ފްލެޓްތައް ވިއްކުމުގައި ޖިންގެ ސޮއި ފޯޖްކޮށްފައިވާ ލިއުންތަކެއް ހަދައި ވިއްކި ފްލެޓްތަކުގެ އެއްވަސްވުންތަކުގައި މަންޑޭ އާއި އޭނާގެ ޕާޓްނަރު ޖައިސަން ސައީދު ސޮއިކޮށްފައިވާ ކަމަށެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކް އެކައުންޓް ހުޅުވާފައިވާއިރު، ކުންފުނީގެ އެމްޑީއަށް ނޭނގި އެނާގެ ސޮއި ފޯޖްކޮށްގެން ބީއެމްއެލްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދިކަމަށް ވެސް ޖިން ވަނީ ތުހުމަތުކޮށްފައެވެ.

މަންޑޭއަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ރޭ އޭނާ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ މައި ހިއްސާދާރު ޖިން، އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރީ އޮޅުވާލައިގެން ފްލެޓްތަކެއް ވިއްކުމަށްފަހު ފިލަން އުޅުމާއި ކުންފުނީގެ ޝެއާއަށް އަދި ޑައިރެކްޓަރުންގެ ބޯޑަށް ޖިން ގެންނަން ބޭނުންވި ބަދަލުތަކަށް މަންޑޭ ދެކޮޅު ހެދުމުން ކަމަށެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 50%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: