ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަމްދޫހުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފްކޮށްފި

ކޭޕާކް މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހަމްބޯ ކުންފުނިން ތަރައްގީ ކުރަމުންދާ ކޭޕާކް ރެސިޑެންސްގެ މައްސަލައިގައި ދިވެހި ހިއްސާދާރު ހަސަން މަމްދޫހުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

ކޭޕާކް ރެސިޑެންސް އިމާރާތުގެ ފްލެޓްތައް ނުއަގުގައި އާއްމުންނަށް ވިއްކައި އެފައިސާ ބޭނުންކޮށްގެން ނާޖައިޒު މަންފާ ނެގިކަމަށް މަމްދޫހުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ހަމްބޯ އިންޓަރނޭޝަނަލްގެ ހިއްސާދާރެވެ. ކޮރެއާގެ ހަމްބޯ އިންޓަރނޭޝަނަލް ކުންފުނީގެ ވެރިޔާ ޖިން ޝިހޫ މަމްދޫހުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އޭނާގެ ސޮއި ފޯޖްކޮށްގެން މަކަރާއި ހީލަތުން ފްލެޓް އާއްމުންނަށް ވިއްކައި ވަގު އެއްބަސްވުންތައް ހަދައި އެ އެއްބަސްވުމާއި ގުޅޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެއެވެ.

އެމައްސަލަގައި މަމްދޫހުގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކަަަށް އޭނާ އިންކާރުކޮށްފައިވެއެވެ. މަމްދޫހްގެ ޕާސްޕޯޓް ފުހުލުން ހިފަހައްޓާފައިވާއިރު، އޭނާގެ އާއިލާގެ ބައެއް މެމްބަރުން ދިރިއުޅެމުންދަނީ ރާއްޖެއިން ބޭރުގައެވެ.

ރާއްޖެއިން ބޭރަށް އާއިލާ އާއި ބައްދަލުކޮށްލައި ޒަރޫރީ ކަންކަން ފުރިހަމަ ކުރުމަށް ފުރުމަށް ބޭނުންވާތީ މަަމްދޫހުގެ ޕާސްޕޯޓް ކޯޓުންވަނީ ދޫކޮށްލާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި މަމްދޫހުގެ ޕާސްޕޯޓް 45 ދުވަހުގެ މުއްދަތަކަށް ފަހު އަލުން ހިފެހެއްޓުމަށް މަސައްކަތް ކުރާނެއެވެ.

މަމްދޫހުގެ އިތުރުން އެ މައްސަލައިގައި އިތުރު އެހެން ދިވެއްސެއްވެސް ޝާމިލްވެއެވެ. އޭނާ އަކީ މަމްދޫހު އުފައްދާފައިވާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ އަނެއް ހިއްސާދާރެވެ.

ކޭޕާކް ރެސިޑެންސް އަކީ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި އިމާރާތްކޮށްފައިވާ އިމާރާތެކެވެ. ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ މިއިމާރާތަކީ ފެންވަރު ރަނގަޅު ވަސީލަތްތައް ބޭނުންކޮށްގެން ތަރައްގީ ކުރަމުންދާ އިމާރާތެކެވެ.

ކޭޕާކް ރެސިޑެންސް ނިންމަން ތަފާތު އެކި ތާރީހުތައް މީގެކުރިން ދީފައިވިނަމަވެސް މިއަދާ ހަމައަށްވެސް އެއިމާރާތުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށްލެވޭ ގޮތްވަނީ ނުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: