ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިހާރައެއްގެ ތެރޭގައި މީހަކު ހަމަލާދީ މަރުވި މައްސަލައިގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މާފަންނު މުރަނގަ މަގުގައި ހުންނަ ކްރަސާ ނަމަކަށް ކިޔާ ކޮސްމެޓިކްސް ވިއްކާ ފިހާރައަކަށް ވަދެ ޒަހަމްކޮށްލާފައިވަނީ އުމުރުން 30 އަހަރުގެ އައްޑޫސިޓީއަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ މުހައްމަދު އަހްމަދުދީދިއެވެ.

ފިހާރަތެރެއަށް ވަދެ އެމީހާގެ ބޮލަށާއި، ކަރު، މޭމަތި، ބަނޑުގެ އިތުރުން ފައިގެ ދެ ކަކުލަށް ވެސް ވަނީ ވަޅި ހަރައި ފުންކޮށް ޒަހަމް ކޮށްލާފައެވެ.

ޒުވާނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ގޮސްފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ. އޭނާ ނިޔާވެފައި ވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ނޮވެމްބަރު 30 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައެވެ.

އެ މައްސަލައިގައި ދައުވާ ކުރަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މި ދެ މީހުންވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށެވެ. އަދި ފައިހް ކުރިން ބަންދުގައި ހުރީ ޑެ ޕަބްލިކް ކެފޭ ތެރޭގައި ހިންގި މާރާމާރީއާ ގުޅިގެން ކަމަށާއި، އޭނާ މިހާރު ބަންދުގައި ހުރީ ވަޅިން ހަމަލާދީ މަރާލި ޒުވާނާގެ މައްސަލައިގައި ކަަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: