ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ނުދާތީ ޕީޖީން ކަންބޮޑުވުން ފާޅުކުރައްވައިފި

ޕީޖީ އޮފީހުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ނުހިނގާތީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު މާލެއަށް ކުރަމުން ދިޔަ ވިއްސާރައިގައި ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ފެނުގެ އަސަރުކޮށް ޝަރީއަތްތައް ނުހިންގޭ ވަރަށް އިމާރާތައް ވަނީ ގެއްލުން ލިބިފައެވެ. އެހެންކަމުން ޝަރީއަތްތައް ހިންގުން މަޑުޖެހުމުން ޕީޖީން ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ.

މިމައްސަލަ ހައްލުކޮށްދެއްވައި ކޯޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނޭ ވަސީލަތްތައް ހަމަޖައްސަވައި ދެއްވުމަކީ ދައުލަތާއި ކަމާބެހޭ އެންމެހައި އިދާރާތަކަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއްކަން ވަނީ ފާހަކުރައްވާފައެވެ. އަދި އެ އިދާރާ އިން ބުނީ އެޒިންމާ އަދާކޮށްދެއްވައި ކޯޓުގެ ވަސީލަތްތައް ރަނގަޅު ކޮށްދެއްވުމަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އިލްތިމާސްއެއް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އެހީތެރިކަން ލިބިގެން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ޝަރީއަތްތައް ހިންގަނީ އާންމު ގޮތެއްގައި ހަފްތާއަކު އެއް ދުވަހުއެވެ. އެހެންކަމުން އެ ދުވަސް ފިޔަވައި އެހެން ދުވަސްދުވަހު ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި މައްސަލަތައް ކުރިއަށް ގެންދެވޭނޭ އިންތިޒާމު ހަމަޖެހިފައިހުރީތީ އެމައްސަލަތައް ބާރަށް ހިންގުމަކީވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދުމެއް ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

މާލެއަށް މެދުކެނޑުމެއް ނެތި ކުރަމުން ދިޔަ ވިއްސާރާއިގެން ސަބަބުން ކްރިމިނަލް ކޯޓުގެ އިމާރާތަށްވެސް ގެއްލުންތަކެއް ލިބިފައިވެއެވެ. ކޯޓުގެ ގާޒީން ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހުރީ އެންމެ ޝަރީއަތް ކުރާ މާލަމެއް ކަމަށް ބުނެ އެ ކޯޓުން ވަނީ މީޑިއާތަކަށް މައުލޫމާތުދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: