ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޓަރނީ ޖެނަރަލް ކޯޓުތަކުގެ ހާލަތު ބެއްލެވުމަށްޓަކައި ބައެއް ކޯޓުތަކަށް ޒިޔާރަތް ކުރައްވައިފި

ފޮޓޯ: އޭޖީ އޮފިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓާއި، ފެމިލީ ކޯޓުގެ އިމާރާތްތަކުގެ ހާލަތު ބެއްލެވުމަށް އެޓަރނީ ޖެނަރަލް އަޙްމަދު އުޝާމް އެ ކޯޓުތަކަށް ޒޮޔާރަތް ކުރައްވައިފިއެވެ.

އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއިޝަތު ރިޒްނާގެ އިތުރުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުން ވެސް ވަނީ ޒިޔާރާތް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކޯޓުގެ ޝަރީޢަތްތައް ހިންގުން މަޑުޖެހިފައިވާތީ، އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭޖީ ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހަފްތާގައި މާލެއަށް ކުރަމުން ދިޔަ ވިއްސާރައިގައި ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ފެނުގެ އަސަރުކޮށް ޝަރީއަތްތައް ނުހިންގޭ ވަރަށް އިމާރާތައް ވަނީ ގެއްލުން ލިބިފައެވެ. އެހެންކަމުން ޝަރީއަތްތައް ހިންގުން މަޑުޖެހުމުން ޕީޖީން ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ.

މިމައްސަލަ ހައްލުކޮށްދެއްވައި ކޯޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނޭ ވަސީލަތްތައް ހަމަޖައްސަވައި ދެއްވުމަކީ ދައުލަތާއި ކަމާބެހޭ އެންމެހައި އިދާރާތަކަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއްކަން ވަނީ ފާހަކުރައްވާފައެވެ. އަދި އެ އިދާރާ އިން ބުނީ އެޒިންމާ އަދާކޮށްދެއްވައި ކޯޓުގެ ވަސީލަތްތައް ރަނގަޅު ކޮށްދެއްވުމަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އިލްތިމާސްއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: