ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަދަނީ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން ޝަކުވާ ހުށައެޅޭނެ ނިޒާމެއް ގާއިމް ކޮށްފި

ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަނޫނު އަސާސީގެ ދަށުން ކޮންމެ މިހަކަށް ލިބިދީގެންވާ އެންމެހާ މަދަނީ ހައްގުތައް ކަށަވަރު ކުރުމަށް ޝަކުވާ ހުށައެޅޭނެ ރަސްމީ ނިޒާމެއް ކަނޑައަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަންޑާރަ ނައިބުގެ އޮފީހުން އުފައްދާފައިވާ “އޮފީސް ފޯރ ސިވިލް ރައިޓްސް” އަށް ޝަކުވާ ހުށައެޅޭނެ ރަސްމީ ނިޒާުމު އޭޖީގެ އޮފީހުގައި ގާއިމް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ މިހަކަށް ލިބިދީފައިވާ އެންމެހާ މަދަނީ ހައްގުތައް ލިބިދޭކަން ކަށަވަރު ކުރުމާއިގުޅޭ މަސައްކަތް ކުރުމާއި، މަދަނީ ހައްގު ލިބި ދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާއި ގުޅޭ ޝަކުވާތަކާއި، މަދަނީ ހައްގުތައް ލިބުނު ނުދީ ހިފެހެއްޓުމާއި ގުޅޭ ގޮތުން މީހުންކުރާ ޝަކުވާތައް ހުށައެޅުމުން އެ ޝަކުވާތައް ބަލައި ފިޔަވަޅުވެސް އެޅުން ހިމެނޭކަމަށް ބުނެފައެވެެ.

މީގެ އިތުރުން މަދަނީ ހައްގު ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާއި ގުޅޭ ޝަކުވާތަކާއި، މަދަނީ ހައްގުތައް ލިބުނަނުދީ ހިފެހެއްޓުމާއި، ގުޅޭ ޝަކުވާތަކާއި، އެ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލު ކުރުމަށް ހަމޖެހިފައިވަނީ ” އޮފީސް ފޯރ ސިވިލް ރައިޓްސްއަށް ޝަކުވާ ހުށައެޅުމާއި ގުޅޭ ގައިޑްލައިނާވެސް އެއް ގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެ އޮފީހުންވަނީ  ބުނެފައެވެ.

ޝަކުވާ ހުށައަޅާ ފޯމާއި މި ނިޒާމާއި ބެހޭ މައުލޫމާތު ތައް އޭޖީ އޮފީހުގެ ވެބަސައިޓުން މިހާރުވެސް ލިބެން ހުންނާނެ ކަމަށް އެ އޮފީހުން ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: