ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ މަސައްކަތް ހުޅުމާލެއަށް ބަދަލު ކުރަން ބަޖެޓުގައި 15 މިލިއަން ރުފިޔާ!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވާރޭ ވެހުމާއި، ފެން ލީކުވުމުގެ ސަބަބުން މަރާމާތު ކުރަން ޖެހިފައިވާ ކްރިމިނަލް ކޯޓު އިމާރާތުގެ މަސައްކަތްތައް ހުޅުމާލެއަށް ބަދަލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ބަޖެޓަށް އިތުރު ކުރަން ސަރުކާރުން ފޮނުވާފައިވާ ބައިތައް ހުށަހަޅުއްވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ކްރިމިނަލް ކޯޓު ހިންގުން ހުޅުމާލެ އަށް ބަދަލު ކުރުމަށް 15 މިލިއަން ރުފިޔާ އެ އޮފީހުގެ ބަޖެޓަށް އިތުރު ކޮށްފައިވާކަމަށެވެ.

އެހެންކަމުން ކޮމިޓީއިން ބަޖެޓު ފާސްކޮށްފައި ވަނީ އެ އަދަދާއިއެކުއެވެ. ބަޖެޓު ފާސްކުރީ ސަރުކާރު އޮފީސްތަކުގެ ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ.

މާރުކޭޓު ސަރަހައްދުގައި ހުންނަ ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ގިނަ އަހަރުތަކެއް ވެފައިވާއިރު، ފެން ފޭބުމާއި އަދި އެ ނޫން ވެސް ސަބަބުތަކާއި ހުރެ ޝަރީއަތްތަކަށް ވެސް ވަނީ ބުރޫ އަރާފަ އެވެ. އިމާރާތުގެ ހާލަތު ދެނެގަތުމަށް ކޮންސަލްޓެންސީ ރިޕޯޓެއް އެކުލަވާލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އަހަރަކަށް ވުރެ ގިނަ ދުވަހުގެ މަސައްކަތަށް ފަހު ވެސް ކޯޓު ހިންގާނެ އިމާރާތެއް ލިބިފައި ނުވާކަމަށް ޑީޖޭއޭއިން މީގެކުރިން މީޑިއާތަކަށް ބުނެފައި ވެއެވެ.

އޭރު ޑީޖޭއޭއިން ބުނީ ރިޕޯޓުގެ ތަފްސީލުތައް ހިމަނައި ކޯޓު ހިންގުމަށް އާ އިމާރާތެއް ހޯދަން ފިނޭންސަށް މިދިޔަ އަހަރުގެ ޖުލައި 11 ގައި ހުށަހެޅި ކަމަށެވެ. އަދި އެ ހުށަހެޅުމާއި އެއްގޮތަށް އިމާރާތެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ އޭގެ ޖެހިގެން އައި މަހު ލިބުނުކަމަށް ބުންޏެވެ. އޭގެ ފަހުން ޕްލޭނިން މިނިސްޓްރީން ވެސް އެ އެޑްމިނިސްޓްރީއަށް ފޮނުވި ޖަވާބުގައި އިމާރާތް ބަދަލު ކުރެވޭނެ ވަރުގެ ޖާގައެއް ނެތްކަމަށް ބުނެފައިވާކަމަށް ޑީޖޭއޭއިން ވަނީ ބުނެފަ އެވެ.

އިމާރާތެއް ކުއްޔަށް ހޯދުމަށް ޓެންޑާރ ކުރުމަށް، ބޯޑަށް ފޮނުވުމުން މި އަހަރުގެ މާޗް މަހުގައި އެފަދަ އިމްރާތެއް ޓެންޑާކޮށްގެން ލިބިފައި ނުވާކަމަށް އަންގާފައިވާކަން ޑީޖޭއިން ވަނީ ފާހަގަކޮށްފަ އެވެ.

އިތުރަށް ކުރި މަސައްކަތްތަކުގެ ތެރެއިން، އާބަންކޯ އާއި އެކު މަޝްވަރާކޮށް، ކްރިމިނަލް ކޯޓު ހިންގާނެ ވަގުތީ އިމާރާތެއް އެޅުމަށް ފަސް އަހަރުގެ މުއްދަތަކަށް 25،6275 ގެ ބިމެއް، އަކަފޫޓަކަށް ފަސް ރުފިޔާގެ ރޭޓުން ދޭން އެ ކުންފުނިން އެއްބަސްވެފައިވާކަމަށް ބަޔާނުގައި ވެއެވެ. ނަމަވެސް އެ މަސައްކަތް ކުރަން ޖެހެނީ، ޑީޖޭއޭގެ ބަޖެޓުންކަމަށް ވާތީ، ދަތިތަކާއި ހުރެ އެ މަސައްކަތް ކުރެވެން ނެތްކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.

 

 

 

 

 

 

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: