ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަސްރަހު ތަރުތީބުވުމަށް، ރައީސް ޔާމީނަށް އިންސާފު ލިބުން މުހިންމު: އަމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ތަރުޖަމާނު އަދި ކުރީގެ މިނިސްޓަރު ޢަބްދުﷲ ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރުގެ ހަމަޖެހޭ ދިރިއުޅުމަކަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް ސިޔާސީ މަސައްކަތްތަކުގައި އުޅުއްވުމުގެ ފުރުސަތާއި އެކު، އިންސާފު ލިބެންޖެހޭކަމަށް މި ސަރުކާރުގެ ކުރީގެ ހެލްތް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ތަރުޖަމާނު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނަށް އިންސާފު ލިބެންޖެހޭކަމަށް، އަމީން ވިދާޅުވެފައި ވަނީ ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގަ އެވެ. އޭގެ ސަބަބެއްކަމަށް އަމީން ވިދާޅުވީ ކުރިޔަށް އޮތީ ރިޔާސީ އިންތިހަބަށްވާއިރު، ސިޔާސީ ޕާޓީތަކުގެ ކަންކަން ތަރުތީބު ކުރުން މުހިންމު ވާތީ އެވެ.

އަމީން ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ރަނގަޅަށް، ކުރިޔަށް ގެންގޮސް ފާގަތި ފަސް އަހަރަކަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަށް އިންސާފު ލިބުން މުހިންމުކަމަށް ގަބޫލު ކުރާކަމަށެވެ. އަދި ރައީސް ޔާމީނަށް އިންސާފު ހޯދައިދީ، ޝަރުއީ މަރުހަލާގެ ތެރެއިން ކުރިޔަށް ގެންދަން ޖެހޭ ބައިތައް އެކަމުގެ ޒިންމާދާރު ފަރާތްތަކުން ކުރިޔަށް ގެންދިއުމަށް އޭނާ ގޮވާލި އެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތިގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށް އިންސާފު ލިބުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ރަނގަޅަށް ތަރުތީބުވުމަށް އަދި ކުރިޔަށް އޮތް ފަސް އަހަރަކީ ދިވެހިންނަށް ކާމިޔާބު ފަސް އަހަރަކަށްވުމަށްޓަކައި މުހިންމުކަމެއް..

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީން މިވަގުތު ހުންނެވީ، ވ. އާރަށުގެ މައްސަލައިގެ ހިޔާނާތުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު އިއްޔެ ހައިކޯޓުގައި ފެށި ނަމަވެސް ދަށު ކޯޓުގައި ރ. ފުއްގިރި މައްސަލަ އަދިވެސް ދަނީ ކުރިޔަށެވެ. އެހެންކަމުން، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެކަމާއި މެދު ޝައްކުތައް ވަނީ އުފެދިފަ އެވެ.

ފަހަކަށް އައިސް ބައެއް އެހެން ޕާޓީތަކުން ވަނީ ރައީސް ޔާމީނަށް އިންސާފު ލިބެންޖެހޭކަން ފާހަގަކޮށްފަ އެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީންގެ މައްޗަށް ހުކުމެއް އަންނަން ވީ ސަބަބާއި މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް މެމްބަރުން ވެސް ސުވާލު އުފައްދަ އެވެ.

މީގެއިތުރުން އަމީން ވަނީ އިންތިހާބުތަކުގައި، ޖުމްހޫރީ ޕާޓީއަކީ ނަތީޖާތައް ނެރެދޭ ފޯއިމިއުލާ އޮތް ހަމައެކަނި ޕާޓީކަމަށް ސިފަ ކުރައްވާފަ އެވެ. އެކަން ފާހަގަކޮށް އޭނާ ވިދާޅުވީ ގާސިމް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އެމްޑީޕީއަށް ލިބުނު ކޮންމެ ކާމިޔާބީއެއްގެ އަސްލު ހަގީގީ ހައްގުވެރި ފަރާތަކީ އެއީ ކަމަށެވެ.

އިންތިހާބުތަކުގެ ހައްލާއި އެކު، އެމްޑީޕީގެ އެތޭރޭގައި ދިމާވެފައި ވާ އެކި މައްސަލަތައް ހައްލު ކުރުމަށާއި އެ ޕާޓީގެ މަސްލަހަތު ހިފެހެއްޓުމުގެ ފަހަތުގައި ހުންނެވީ ގާސިމްކަމަށް އަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާސިމާއި ނުލައި އެމްޑީޕީއަށް ލިބޭނެ މޮޅެއް ނެތެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ ގާސިމް އިހުތިޔާރު ކުރާ ފަޅިއަކީ ކޮންމެ ރިޔާސީ އިންތިހާބެއް ވެސް ކާމިޔާބު ކުރާނެ ވިސްނުން ކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބުގެ ރަސްމީ ކެމްޕެއިންތައް ފަށައި ޖުމްހޫރީ ޕާޓީން ހަރަކާތްތައް ލޯންޗު ކުރިއިރު އަދިވެސް އޮތީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގަ އެވެ. އެކި ޖަލްސާތަކާއި ބައްދަލުވުންތަކުގައި ސަރުކާރަށް ފާޑުކިއުންތައް އަމާޒުކޮށް، އެ ޕާޓީން ވާހަކަ ދެއްކި ނަމަވެސް ޖޭޕީގެ ސްލޮޓުތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ވަކި ކުރުމުގެ ވިސްނުން ސަރުކާރުގެ ނެތެވެ. އެކަމާ ބައެއް އެމްޑީޕީ މެމްބަރުން ނުރުހުންފާޅު ކުރަމުން ގެންދިޔަ ނަމަވެސް، ސަރުކާރުން ބުނީ ޖޭޕީ ވަކި ކުރުމުގެ އެއްވެސް މަޝްވަރާއެއް ކުރިޔަށް ނުދާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: