ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުށަހެޅި އަދަދަށް ހިއްސާ ބަހަން ފާސްނުވި، އެމްޓީސީސީގެ އިތުރު އާއްމު ޖަލްސާއެއް ބާއްވަނީ

އެމްޓީސީސީގެ 2022 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 2022 ގެ ފައިދާއިން ހިއްސާއަކަށް ހަތަރު ރުފިޔާ ބެހުމަށް ހުށަހެޅި ހުށަހެޅުން ފާސް ނުކުރުމަށް ހިއްސާދާރުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ހަތަރު ރުފިޔާ ބެހުމަށް ހުށަހެޅީ އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. ބޯޑުން ނިންމީ މިދިޔަ އަހަރުގެ ޖުމްލަ ފައިދާއިން 32 މިލިއަން ރުފިޔާ ބެހުމަށެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި 119 ހިއްސާދާރުން ވޯޓު ދިނީ އެ ހުށަހެޅުން ފާސް ކުރުމަށް ބޭނުން ނުވާ ކަމަށެވެ.

ރޭގެ އަހަރީ އާއްމު ޖަލްސާގައި މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީކޮށްފައިވާ ބޭފުޅުން ބައިވެރިވި އެވެ.

ރޭގެ ބައްދަލުވުމުގައި ހިއްސާއަކަށް ހަތަރު ރުފިޔާ ބެހުމަށް ފާސްނުވީ ނަމަވެސް، މިއީ އެމްޓީސީސީގެ ތާރީހުގައި ވެސް ހިއްސާދާރުންނަށް ބަހަން ހުށަހެޅި އެންމެ ބޮޑު ފައިދާއެވެ.

ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ސާފު ފައިދާއެއްގެ ގޮތުގައި ލިބުނު އަދަދު 200 މިލިއަން ރުފިޔާއަށް އަރަ އެވެ.

ހިއްސާދާރުންގެ ނިންމުމާއި ގުޅޭގޮތުން މީޑިއާތަކަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ވަރަށް އަވަހަށް ބޯޑު ބައްދަލުވުމެއް ބޭއްވުމަށް ފަހު އިތުރު އަހަރީ އާއްމު ޖަލްސާއެއް ބާއްވާނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: