ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ ނޫސްވެރިންތަކަކަށް ހަމަލާދިން ބައެއްގެ މައްޗަށް ދައުވާކޮށްފި

ނޫސްވެރިންނަށް ދިން ހަމަލާގެ ތެރެއިން ސީސީޓީވީއަކުންނަގާފައިވާ ފޮޓޯއެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ނޫސްވެރިންތަކަށް ބިރުދައްކައި މުދަލަށް ގެއްލުންދިން ބަޔަކުގެ މައްޗަށް ދައުވާކޮށްފައެވެ.

އެެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން، މި ހާދިސާގައި ދައުވާ ކުރެވިފައިވަނީ ތިން މީހެއްގެ މައްޗަށެވެ. ތިން މީހުންގެ މައްޗަށް ދައުވާތައް އުފުލިފައިވަނީ ނިއުހެމްޕްޝަޔާރގައި ދިއިރުޅޭ ނޫސްވެރިންގެ ގެތަކަށް ގެއްލުން ދިނުމުގެ ސަބަބުންނެވެ. އެ މީހުން މި އަމަލު ހިންގާފައިވަނީ އެ ގައުމުގެ ނަގާކިޔޭ ވިޔަފާރިވެރިއެއްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ވާހަކަތައް ނޫސްތަކުގައި ޝާއިއުކުރުމާއި ގުޅިގެންނެވެ.

ނޫސްވެރިންތަކަކަށް ފުރައްސާރަ ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރެވުނު އެމެރިކާގެ ތިން ރައްޔިތެއްގެ މައްޗަށް އުފުލާފައިވަނީ ދަތުރުކޮށްގެން މީހަކަށް ފާރަލައި ފުރައްސާރަތަކެއް ފޯރުވުމުގެ އަމަލެއް ރާވައި ހިންގި ކަމުގެ ތުހުމަތެވެ. އެ ގައުމުގެ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާއިންވަނީ މި މައުލޫމާތުތައް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

އެމެރިކާގެ އެންމެ އިސް އެއް ސަލާމަތީ ހިދުމަތްކަމަށްވާ އެފްބީއައި އިން ބުނެފައިވާގޮތުން، ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮންމެ ޑިމޮކްރެސީއެއްގެވެސް އެއް ބިންގަލެވެ. އެހެންކަމުން ދައުވާ ކުރެވިފައިވާ ތިން މީހުންގެ މައްޗަށްވެސް ކުރެވެނީ އެ ސަރަހައްދުގެ ނޫސްވެރިންތަކަށް ފުރައްސާރަކޮށް މިނިވަންކަމަށް އަރައިގަތުމުގެ ދައުވާކަމަށް ބުނެފައިވެއެވެ.

ދައުވާ އުފުލިފައިވާ ތިން މީހުން ހަމަލާ ދިނުމަށް މަސައްކަތްކޮށްފައިވަނީ އެ ގައުމުގެ ޕަބްލިކް ރޭޑިއޯގެ ރިޕޯޓަރަކާއި އެޑިޓަރަށެވެ. ހަ ފަހަރެއްގެ މަތިން ދެވިފައިވާ ހަމަލާތަކުގެ ތެެރެއިން އެޑިޓަރުގެ އަދި ރިޕޯޓަރުގެ ގެޔަކަށާއި ރިޕޯޓަރުގެ މައިންބަފައިންގެ ގެއަށްވެސް ގާބުރި ފަދަ ތަކެތި ބޭނުންކޮށްގެން ހަމަލާތައް ދީފައިވާއިރު، އެއީ އަދި ފެށުމެއްކަމަށް އެ ފަރާތްތަކުންވަނީ ގޭތަކުގައި ލިޔެފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ނޫސްވެރިންތަކަކަށް ހަމަލާދިނުމުގެ މައްސަލަ ފެންމަތިވެފައިވަނީ އެ ނޫހުން އެ ވިޔަފާރިވެރިއެއްގެ މައްޗަށް ކުރެވެމުންދާ ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅޭގޮތުން ޝާއިއުކުރުމުންކަމަށްވާއިރު، ތުހުމަތު ކުރެވޭ ފަރާތުންވަނީ ރޭޑިއޯ ސްޓޭޝަންނާއި ދެކޮޅަށް ދައުވާކޮށްފައެވެ. އަދި ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: