ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމަށް ފަހު ނާޒިމްގެ ގޮނޑި ގެއްލުނު މައްސަލައިގައި ބަދަލު ހޯދަން ދައުވާ ކުރެވޭނެ: ސުޕްރީމް ކޯޓު

ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމަށް ޖަލު ހުކުމެއް އިއްވި މައްސަލައިގައި ބަދަލު ހޯދަން ދައުވާ ނުކުރެވޭނެކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން އެ ނިންމުން ބާތިލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ، ނާޒިމް ދިއްގަރު ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް އޭނާގެ މައްޗަށް ސާބިތުވީ މަކަރާއީ ހީލަތް ހެދުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލައިގައި ނާޒިމްގެ މައްޗަށް 2015 ގައި 25 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެވެ.

މި ހުކުމާއި އެކު ނާޒިމްގެ ގޮނޑި ގެއްލުނުއިރު، 2018 ގައި އެ ހުކުމް ރިވިއުކޮށްދޭން އެދި ނާޒިމް ހުށަހެޅުމުން ސުޕްރީމް ކޯޓުން އޭނާ މިނިވަންވި އެވެ. އެހެންވެ ނާޒިމްގެ ފަރާތުން ހުށަހެޅީ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާތީ، މެމްބަރުކަމުގެ މުސާރައާއި އިނާޔަތްތައް އަދި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮންނާނެކަމަށް ކަނޑައަޅައިދިނުމަށެވެ. އެކަމަކު މައްސަލައިގައި ސިވިލް ކޯޓުން ނިންމީ، އެ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ނެތް ކަމަށެވެ.

އެއަށް ފަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ ގާނޫނާއި ހިލާފަށް މީހަކު ބަންދު ކުރުމުން އެކަމުގެ ބަދަލު ލިބިދެވޭނެކަމަށް ގާނޫނު އަސާސީ އާއި ބޭރުގެ މުއާހަދާތަކުގައި ބަޔާންކޮށްފައި ވިޔަސް އިސްތިއުނާފީ ކޯޓަކުން ކުރީގެ ހުކުމެއް ބަދަލު ކުރިން އެއީ ބަދަލު ދޭން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ ނާޒިމްގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ވަނީ، އިޖުރާއީ ނުކުތާއެއްގެ މައްޗަށްކަމަށާއި، އެއީ ބަދަލު ހޯދުމަށް ދައުވާ ކުރެވޭނެކަމެއް ނޫން ކަމަށެވެ. އަދި ނާޒިމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ބިނާކޮށްފައިވާ އަސާސަކީ ސުޕްރީމް ކޯޓުގެ ނިންމުމަކަށްވެފައި ކޯޓަކުން ނިންމާ ގަޟާއީ ނިންމުންތައް އެއީ އިދާރީ ނިންމުންތަކެއް ނޫންކަމަށެވެ.

ނާޒިމްގެ ފަރާތުން ކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުގެ މިއަދު ނިންމި ނިންމުމުގައި ވަނީ ސިވިލް ކޯޓާއި، ހައި ކޯޓުގެ ނިންމުންތައް ބާތިލުކޮށްފަ އެވެ. އަދި ކޯޓުން ވަނީ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް އެ މައްސަލަ ނާޒިމްގެ ފަރާތުން ހުށަހަޅައިފި ނަމަ އެ މައްސަލަ ބަލައިގަނެ ގޮތެއް ނިންމަން ޖެހޭނެކަމަށް ހުކުމްކޮށްފަ އެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ވަނީ، މި މައްސަލަ މައުޟޫއީ ގޮތުން ބަލާއިރު ގޮތްތަކެއް ކަނޑައެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މި މަރުހަލާގައި އެ ކަންކަމާއި މެދު ގޮތްތަކެއް ނިންމިއްޖެ ނަމަ މައްސަލައިގެ މައުޟޫއަށް އަސަރު ކުރާ ކަމެއްގައި ގޮތްތަކެއް ކަނޑައެޅިގެން ދާނެކަމަށް ފަނޑިޔާރު މަހާޒް ފާހަގަކުރި އެވެ.

ފަނޑިޔާރު މަހާޒްގެ ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު ހުސެއިނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވަނީ ތާއީދު ކުރައްވާފަ އެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ މަހާޒެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: