ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން އަދި ހުއްދަ ލިބެން ނެތް، ދެކޮޅު ހެދީ ދެ މެމްބަރެއް

ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަރިސް އެމަނިކުފާނަށް ތާއީދު ކުރާ މެމްބަރުން އުފެއްދުމަށް މަސައްކަތް ކުރާ ދި ޑިމޮކްރެޓްސް ޕާޓީ ރެޖިސްޓްރީ ކުރުމުގެ ހުއްދަ އަދި ދޫނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އީސީން ވަކި ގޮތެއް ނިންމައި އެކަން ހާމަ ކުރުމުން ނޫނީ، ކޮމިޝަނުގެ އޮފީސް ދޫކޮށް ނުދާނެކަމަށް ހާމަކޮށް މިއަދުގެ 03:00 އިން ފެށިގެން މެމްބަރުން ތިބީ އެތަނުގެ ތެރޭގަ އެވެ. އެކަމާއި ގުޅޭގޮތުން މިރޭ ބައްދަލުވުމެއް ބޭއްވުމަށް ފަހު، މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ވޯޓު ދިނީ މިއަދު އެ ހުއްދަ ދޫނުކުރުމަށެވެ.

ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އެކަން ޑިމޮކްރެޓްސްގެ މެމްބަރުންނާއި ހިއްސާކޮށް ވިދާޅުވީ ބައެއް މެމްބަރުން އޭނާގެ މައްޗަށް ވެސް ތަފާތު އެކި ތުހުމަތުތައް ކުރަމުން ދާކަމަށެވެ. އެގޮތުން ވަކި ކޮޅަކަށް ބުރަވެ، ޑިމޮކްރެޓްސްއަށް ހުއްދަ ދޭން މަސައްކަތް ކުރާކަމަށް ބައެއް މެމްބަރުން ބުނިކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި، ކޮމިޝަނުގެ ބައެއް މެމްބަރުން އިތުރަށް ބައެއް ކަންކަން ބަލަން ބޭނުންވާތީވެ، އެކަމަށް ތިން މަސް ދުވަސް ހޭދަވާނެކަމަށް ބެލެވެ އެވެ. ކޮމިޝަންގެ މެމްބަރުންގެ ތެރެއިން، ޑިމޮކްރެޓްސްގެ ފޯމުތަކާއި މެދު ސުވާލު އުފައްދަނީ ކޮން މެމްބަރުންނެއްކަން ފުއާދު ހާމައެއް ނުކުރައްވަ އެވެ. އެކަމަކު، މިރޭ ހަރުގޭގައި ކުރިޔަށް ދިޔަ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ އިސް ބައެއް މެމްބަރުން ވަނީ ބައެއް ކޮމިޝަންގެ މެމްބަރުންގެ ނަންތައް ހާމަކޮށް އެބޭފުޅުން މަސައްކަތް ކުރަނީ ސަރުކާރުން އަންގާ ގޮތަކަށްކަމަށް ވިދާޅުވެފަ އެވެ. އެބޭފުޅުން ވިދާޅުވި ގޮތުގައި އެއީ މުހައްމަދު އާސިފާއި، އަލީ ނަޝާތެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 63%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ހަމަ ސަރުކާރު ފަޅިން ކުރާ ކަންކަން. ރައީސް ނަޟީދާ އެމަނިކްފާނުގެ އިސްލާޙީ މަސައްކަތައް ހުރަސް އަޅަން ރައްޔިތަކަށް އެއްޗެއް ލިބިދާނެތީ ތިމާމެންގެ ޖީބަށް ވަންނަ އެއެޗިހި މަދުވާތީ. ރައީސް ނަޝީދު އިންތިޚާބު ކާމިޔާބު ކުރާނެތީ ކަންބޮޑުވަނީ. ﷲ އިރާދަކުރެއްވިއްޔާ ރައީސް ނަޟީދު މިއަހަރުގެ ރިޔާސީ އިތިޚާބު ކާމިޔާބުވކުރާނެ.

  2. އެބޭފުޅުން ވިދާޅުވި ފަދައިނެ އީސީއިން މަސައްކަތް ކުރަނީ ސަރުކާރުން އަންގާ ގޮތަށް. އަދާވަޔްތެރި ވިޔަސް ވާން ވާނީ ވަކި މިންވަރަކަށް. އެހާމެ އިތުބާރު ކޮށްފަ ރައީސް ނަޝީދު 2018 ގަ އިބުރާހިމް މުހައަމަދު ޟޯލިހައްރް ރިޔާސީ ޓިކެޓު ދިނީ. ވެރިކަން ލިބި އަހަރު ތަކެއްނުވެ ބޭވަފާތެރިވެ ރައީސް ނަޝީދު ގެ ފުރާނަ ދުއްވާލަން މަސައްކަތް ކުރީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: