ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލުތުފީ ހުކުމް ތަންފީޒުކޮށް ނިމުނުކަން، ކަރެކްޝަނުން ކަށަވަރުކޮށް ނުދިން

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވްމެބްރު 03، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި އަބްދުﷲ ލުތުފީގެ މައްޗަށް އިއްވި 25 އަހަރުގެ ހުކުމް ތަންފީޒުކޮށް ނިމުނުކަމަށް ދެކެވޭ ވާހަކަ ސާފުކޮށްދިނުމަށް ކަރެކްޝަނުން ދެކޮޅު ހަދައިފި އެވެ.

ބައެއް މީޑިއާތަކުން މިއަދު ރިޕޯޓު ކުރި ގޮތުގައި، ލުތުފީއަށް އިއްވި 25 އަހަރުގެ ހުކުމް ތަންފީޒުކޮށް ނިމި މިވަގުތު ތަންފީޒު ކުރަމުން ދަނީ ޖަލަށް ލާފައިވަނިކޮށް ފިލައިގެން ދިޔަ މައްސަލައިގައި އިއްވި 07 މަހުގެ ޖަލު ހުކުމެވެ.
އެކަމާއި ގުޅޭ މައުލޫމާތު ސާފު ކުރުމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ ވަކިވަކި ގައިދީންގެ ހުކުމުގެ ތަފްސީލުތައް ހިއްސާ ކުރެވެން ނެތް ކަމަށެވެ. އަދި ލުތުފީ މިވަގުތު ވެސް ހުރީ ބަންދުގައި ތޯ ނުވަތަ ނޫން ތޯ ސާފުކޮށް ނުދެއްވި އެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް 2010 ވަނަ އަހރު ފޮނުވުން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮޮށް ދިވެހި ފުލުހުންގެ ޓީމެއްގެ ބެލުމުގެ ދަށުން، ބާޣީ ލުޠުފީ މާލެ ގެނައީ 2019 ގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. އުމުރުން 70 އަހަރަށްވުރެ މަތިވެފައިވާ ލުޠުފީ އޭގެ ފަހުން ހުރީ ޖަލަށް ގެންގޮސްފައެވެ.

އަމިއްލަ ނަން ބަދަލުކޮށް ލުތުފީ ފިލައިގެން އައުމަށްފަހު، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހުރިކަން ފަޅާއަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެއީ އޭރު ސްރީލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކަށް ފަހު އެ ގައުމުގެ ސިފައިން ބޮޑު އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.

ނަމަވެސް ސަރުކާރުން ވަނީ، އުމަރު ނަސީރު އެ ވާހަކަތައް ފަޅުވާ އަރުވާލުމާއި ހަމައަށް އޭނާ ލަންކާ އެމްބަސީގައި ހުރިކަން ސިއްރުކޮށްފައެވެ. ނަމަވެސް އޭރު ލަންކާގެ ނިއުސް ފަސްޓް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުން ނަން އޮޅުވާލައިގެން ގަވައިދާއި ހިލާފަށް ލަންކާގައި ދިރިއުޅެމުން އައި ލުތްފީ އެމްބަސީގައި ހުރިކަމުގެ އެއްވެސް މައުލޫމާތެއް އެ އިދާރާއަށް އެނގިފައެއް ނެތެވެ. ބާޣީ ލުތްފީ އެމްބަސީގައި ހުރިކަން އުމަރު ނަސީރު ފަޅާއަރުވާލުމާއި އެކު ފުލުހުން ބުނެފައިވަނީ ބާޣީ ލުތްފީ އެމްސީއަށް ހާޒިރުވީ އެ ގައުމުގައި ދިން ޓެރަރިސްޓު ހަމަކާތަކަށްފަހު ގެތައް ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފެށުމުން އޭނާ ހައްޔަރުކޮށްފާނެތީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

19 ދިވެހީން ޝަހީދުވި އެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީގެ މައްޗަށް ކުރީގެ ޖިނާއީ ކޯޓުން އިއްވީ މަރުގެ ހުކުމެކެވެ. ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި މީހާއަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ މަރުގެ ހުކުމް ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ. ދިވެހީން ސިއްސުވާލި އެ އުދުވާނީ ހަމަލާގައި މަރުވި 19 މީހުންގެ ތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި އަށް ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: