ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕިއާއިއެކު ކުރިއަށް ދާން ވަޢުދުވި ސާލިހު ރިއެކްޝަނެއް ނެތި ހުއްޓިފައި!

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައިސް ސާލިހާއި ހަވާލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

“2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު” ވެގެންދާނީ ވަރަށް ބޮޑު، ވަރުގަދަ، ކުލަގަދަ އިންތިހާބެއްގެ ގޮތުގައި ކަމަށް އެންމެންވެސް ގަބޫލުކުރެއެވެ. މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ރަން އަކުރުން ފެވިގެންދާނެ އިންތިހާބެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ އިންތިހާބުގެ ވާދަވެރިކަމުން، ފޯރިގަދަކަމަކުން ނޫނެވެ. ދުވަހަކު ސިޔާސީ މަޝްރަހަށް އައިސްފާނެކަމަށް ހީނުކުރާ ބަދަލުތަކެއް، މިހާރު އައިސްފައި އޮތުމުންނެވެ. ވާދަކުރައްވާ ކެނޑިޑޭޓުންގެ ނިސްބަތް އިތުރުވުމަކީވެސް، މިއީ މި އިންތިހާބު މިހާ ފޯރިގަދަވާނެކަމަށް ބަޔަކު ދެކުނު ސަބަބެކެވެ.

މިވަގުތު ޖުމްލަ 7 ކެނޑިޑޭޓަކު ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ މި އިންތިހާބުގެ ތައްޔާރީތައް އެންމެ ޖޯޝާއި، ފޯރީގައި، ގަދަ ހިތްވަރުލައި ފެށި ޕާޓީއަކީ، ވެރިކަން ކުރާ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. މިއަހަރުގެ ޖުނުއަރީ 28 ވަނަ ދުވަހު ބޭއްވި ޕާޓީގެ ތާރީހީ ރިޔާސީ ޕްރައިމަރީއާއިއެކު، ސްޓާޓްކުރި ބޯޓުގެ ސްޕީޑެއް މިހާރަކު ނެތެވެ. މީގެ ކުރިން ދުވަހަކުވެސް ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކުރެއްވުމަށް އެއްވެސް މެންބަރަކަށް ނުކެރި އޮތް އެމްޑީޕީގެ ތެރެއިން، ނިކުންނެވި ޅ ހިންނަވަރު ނޫރާނީއާގެ އިބްރަހީމް މުހައްމަދު ސާލިހު، މިހާރުގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، މި ޕްރައިމަރީ ކާމިޔާބުކުރެއްވީ ރާއްޖެ ސިއްސުވާލި ނަތީޖާއަކުންނެވެ. 40،887 މީހުން ވޯޓުލީ މި އިންތިހާބުން ރައީސް ސާލިހު 8،925 ވޯޓުގެ ތަފާތަކުން ބަލިކުރެއްވީ ދިވަހިރާއްޖޭގައި އެވަރުގެ ޝަހުސިއްޔަތެއް ނެތްކަމަށް ބަޔަކު ގަބޫލުކުރާ، ރައީސް ނަޝީދެވެ.

ކޮންމެއަކަސް ވަރަށްވެސް ރަނގަޅު، އެހާމެ ފުރިހަމަ މޮޅެކެވެ. ދިވެހިރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާނެ މި ނަތީޖާއާއިއެކު ގިނަ ބަޔަކު ރައީސް ސާލިހުގެ މައްޗަށް ކުރި އުއްމީދުވެސް ވަރަށް ބޮޑެވެ. ދުރު ދުރުން އުޅުމުގެ ބަދަލުގައި، ސީދާ މައުޟޫއަށް އަޅުގަނޑު ޖެހިލާނަމެވެ. ދައްކަން މިއުޅެނީ މިހާރާއި ހިލާފަށް މީގެ ކުރިން އެމްޑީޕީއިން ވެރިކަމަށް އައުމަށްޓަކައި ކޮށްފައި އޮތް ބުރަ މަސައްކަތާއި، ކުރި ވަރުގަދަ ކެމްޕެއިންތަކުގެ ވާހަކައެވެ.

މަލްޓި ޕާޓީ ޑީމޮކްރަސީއަށް ދިވެހިރާއްޖެ ކުރި ދަތުރަށްފަހު، އެންމެ ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބު، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ، އޭރު “ވަތަން އެދޭ ގޮތަށް” މި ޝިއާރުގެ ދަށުން އުފެއްދި އިއްތިހާދުން ނެރުނު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓު  ނަޝީދެވެ. މިހާ ވަރުގަދަ ކެމްޕެއިންއެއް ކުރި ރިޔާސީ އިންތިހާބެއް ރާއްޖޭގެ ތާރީހުގައި އޮންނާނެކަމަކަށް ނުބެލެވެއެވެ. މިއަދުގެ ސިޔާސީ ލީޑަރުން ވިދާޅުވާ އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ “ހުދުމުހުތާރު ވެރިކަން” ނިމުމަކަށްޓަކައި އެންމެ ވަރުގަދަ ކެމްޕެއިންއެއް ކުރެއްވީ އެމްޑީޕީ އިސްކޮށް އޮވެ، ރައީސް ނަޝީދު ހޮވުމަށެވެ. މީގެ ކުރިން ރާއްޖެ ދެކިފައިނުވާ ވަރުގެ ތަރައްގީ ގެނައުމަށްޓަކައި، ރައްޔިތުންގެ ހާލަތު ދެނެގަތުމަށްޓަކައި އުތުރާއި ދެކުނަށް އެމްޑީޕީއިން ދަތުރުކުރިއެވެ. “ވައުދާ ހިނގާ” ރައްޔިތުންގެ ކަންބޮޑުވުން އަޑު އަހާ ރައްޔިތުންގެ ޝައުގުވެރިކަން ހޯދިއެވެ. ރައްޔިތުން ބޭނުންވާ އަސާސީ ހައްގުތައް ހޯދައިދޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުމަށްޓަކައި، ދަތި ހާލުގައި ނަމަވެސް އެތައް ދުވަހެއްކުރިން ކެމްޕެއިން ފައްޓަވައިފިއެވެ. އެމްޑީޕީއިން އެ ނެރުނު ކެނޑިޑޭޓު އެމްޑޕީގެ އަސްލު ދައްކާލިއެވެ.

ދެން އޮތީ 2013 ވަނަ އަހަރެވެ. 2008 ވަނަ އަހަރުގެ ވެރިކަން ނިމުނު ގޮތުގެ ސަބަބުން ގެއްލިފައި އޮތް ތާއީދު ހޯދުމަށް އެމްޑީޕީއިން ކުރަން ޖެހިފައި އޮތީ ކުޑަ މަސައްކަތެއް ނޫނެވެ. މިއީ ތަފްސީލަށް ނުދިޔަ ނަމަވެސް އެންމެންވެސް އެނގޭ ވާހަކަތަކެވެ. އެހެންކަމުން އަނެއްކާވެސް މައުލޫއަށް ދާނަމެވެ. އޭރު ވެރިކަމުގައި ހުރި ޑރ މުހައްމަދު ވަހިދުގެ ވެރިކަން ބަދަލުކޮށް އެމްޑީޕީއިން ވެރިކަން ހޯދުމަށްޓަކައި ނުކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ. ދެން ވާދަކުރެއްވި އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަލިކުރުމަށްޓަކައި، ނޯހޮރާ ދަލެއް ނުހުންނާނޭ ބުނުމަކުން ދޮގަކަށް ނުޥާނެއެވެ. މިޙާރުވެސް އެމްޑީޕީގެ ޕޯޑިއަމްތަކުން އިވޭފަދައިން، ދުވާލެއް ރޭގަނޑެއް ވިއްސާރައެއް އަތްވެއް ނުބަލާ ވެރިކަމަށް އައުމުގެ އުއްމީދުގައި ބުރަ މަސައްކަތްކުރެއްވިއެވެ. ސަޅި ބައިސާއިން ނިންމައެއް ނުލައްވައެވެ. ނަޝީދާއިއެކު ޖަޒީރާގެ ކެމްޕެއިން ފޯރީގައި ކުރިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި އައިސް ހަމަވިއިރު، ޖަޒީރާ ރައީސް ހުންނެވީ ހުކުމެއްގައިކަމުން އެމްޑީޕީއިން ކުރަން ޖެހުނީ މުޅި ތަފާތު، މާ ބުރަ މަސައްކަތެކެވެ. ޖަޒީރާ ރައީސް މިނިވަންކުރުމަށް ގޮވާލާ އެކުރި މުޒާހަރާތަކަކކި ގައުމުގެ ހަމަޖެހުން ގެއްލިގެން ދިޔަ ކަންތައްތަކެއް ނަމަވެސް، އެއީ އެމްޑީޕީގެ އަސްލު ދައްކުވާލި ވަރުގަދަ ކެމްޕެއިންތަކެވެ. ބޭނުންވާކަމެއް ހާސިލްކުރުމަށްޓަކައި އެމްޑީޕީއިން ގަދަ އަޒުމުގައި ފަސްނުޖެހި މަސައްކަތް ކުރައްވާނެކަން ސާފުވިއެވެ. ޖަޒީރާ ރައީސް ވެރިކަމަށް ގެނައުމަށްޓަކައި، އުވަ ދޯންޏާއި، ބަލިދީއާއި ޓައްޕަށް ވޯޓުލާ އެވަރުން ނުވެގެން ކަޅު ހަންހަމަށްވެސް ވޯޓު އެޅިއެވެ. އެއީ އެމްޑީޕީގެ ކެނޑިޑޭޓުގެ ގޮތުގައި އޭރު ބަލައިގަތް ރައީސް ވެރިކަމަށް ގެނައުމަށްޓަކައި ކުރި ބުރަ މަސައްކަތެވެ.

ނަމަވެސް މިއަދު މި ފެންނަނީ ވަރަށް އެމްޑީޕީވަންތަކަން ގެއްލިފައިވާ ސިފަތަކެކެވެ. އެމްޑީޕީގެ 61 އިންސައްތަ ތާއީދާއިއެކު، ޓިކެޓު ކާމިޔާބުކުރެއްވި ސާލިހުގެ އެއްވެސް ރިއެކްޝަނެއް ނެތެވެ، ޓިކެޓު ހަވާލުކުރިތާ 5 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އަދި އަމިއްލަފުޅަށް ވަޑައިގެން ކުރެއްވި މަސައްކަތެއް ނެތެވެ. ވަޔާ ވެއްޓޭ ދެތިން ދިދަ އަތޮޅުތެރޭ ދެތިން ރަށެއްގައި ނަގައިގެން އިންތިހާބެއް ކާމިޔާބެއް ނުވާނެއެވެ. އިންތިހާބަށް 80 އަށްވުރެ މަދު ދުވަހަށް ވެފައިވާއިރު، ކުރެއްވި މަސައްކަތެއް ދެއްވި އުއްމީދެއް ނެތެވެ. ނަމަވެސް އޭރު ވިދާލުވީ ހުއްޓި ހުރެވެން، ފަސްޖެހެވެން ނެތްކަމަށެވެ. އެހެންކަމުން އެމްޑީޕީ ދާނީ ކުރިއަށްކަމަށް ރާއްޖޭގެ ކޮންމެ ރަށްކަށް އަރައި ހަރު އަޑުން ވިދާޅުވުމަށްފަހު މިއަދު ހުރީ މިސްރާބެއް ނެތި ހުއްޓިފައެވެ.

އިންތިހާބަށް ތައްޔާުވުމަށް ރަސްމީގޮތުން ކުރެއްވިހާވެސް މަސައްކަތަކީ ކިރިޔާ އަޑުކިޔާވަރު، ދެތިން ޕާޓީއަކަށް ކޯލިޝަންގެ ދައުވަތު އެރުވުމެވެ. އެ ހެއްދެވި ކޯލިޝަނަށް ވީ ކީއްކަމެއް، ވާނީ ދެން ކިހިނެއްކަމެއްވެސް އެމަނިކުފާނަށް ވޯޓުދެއްވި 20 ހާހަށްވުރެ ގިނަ މީހުންނަކަށް ހަމަ ހިލާ ނޭނގެއެވެ. އެނގޭހާވެސް އަދި ސާފުވާހާވެސްކަމަކީ މިއަދު އެމަނިކުފާނު ހުއްޓިވަޑައިގެން ހުންނެވިކަމެވެ. އެމްޑިޕީ ގޮވައިގެން ކުރިއަށް ވަޑައިގަންނަވަން އޮތް ވަގުތު އައިސް ކުޑަ ތަންވީއިރުވެސް، ރޭކާވެސް ނުލާ ކަހަލައެވެ.

އިންތިހާބު އައިސް ކަޅު ވިލާގަނޑެއްހެން ބޯމަތިވީއިރު، ވާދަކުރައްވާނެކަން އިއުލާންކުރެއްވުމާއި، ސަޅި ބައިސާ ކެނޑުން ނޫންކަމެއް ކުރި، ހަމަ އެންމެ ކެނޑިޑޭޓެއްވެސް ނެތީއެވެ. ނަމަވެސް މިގެ ތެރޭގައި ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕަޓީކަމަށް ވާކާލާތުކުރާ އެމްޑީޕީގެ ކެނޑިޑޭޓު ހިމެނުން މިއީ ދެރަވަރެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: