ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްއަށް ދޭ އަނިޔާގެ އަސަރުކުރަނީ މުޅި ގައުމަށް: އަލީ އާރިފް

ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފް / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ދަތިތައް ކުރިމަތިކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރުތައް ކުރަނީ އެމަނިކުފާނަށް އެކަނި ނޫންކަމަށާއި އެކަމުގެ ނޭދެވޭ އަސަރުތައް މުޅި ގައުމަށްވެސް ކުރާކަމަށް ޖުމްހޫރީ ޕާޓީގެ ސެކެއްޓްރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ޖުމްހޫރީ ޕާޓީއިން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ވާހަކަދައްކަވަމުން އަލީ އާރިފްވަނީ، ރިޔާސީ އިންތިހާބާއި ގުޅުވައި ގާސިމްއަށް އެކި ހުރަސްތައް ކުރިމަތިވަމުންދާކަމަށް އިޝާރާތްކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެފަދަ ދަތިތައް ކުރިމަތިވުމުން އެކަމުގެ ނޭދެވޭ އަސަރުތައް ކުރަނީ ގާސިމްއަށް އެކަނި ނޫންކަން އެންމެންވެސް ދަންނަންވާނެކަމަށެވެ. އޭނާ ވިދާޅުވީ، މުޅި ގައުމަށްވެސް އެކަމުގެ ނޭެދެވޭ އަސަރުތައްކުރާކަމަށެވެ. އަދި ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔަނަމަވެސް، މިފަހަރު ދިވެހި ރައްޔިތުން ތިބީ ގާސިމް އާއިއެކުކަމަށްވެސް އޭނާގެ ވާހަކަތަކުގައި ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އޭނާ ވިދާޅުވީ، ގާސިމްގެ އެކި މަސައްކަތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުރިމަތިކުރާނެކަމެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، ގާސިމް އިބްރާހިމްގެ “އުނު އަންނައުނު” ނަގައިގެން ގެންދިޔަޔަސް ރައްޔިތުންގެ އަންނައުނު ގެންގޮސް ގާސިމް ލައްވައިގެން ނަމަވެސް މި ފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެކަމަށެވެ. އޭނާ ވަނީ ﷲ އިރާދަ ކުރެއްވިއްޔާ މި ފަހަރު މި އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ތަކުރާރު ކުރައްވާފައެވެ.

އަލީ އާރިފް ވިދާޅުވީ، ރައްޔިތުން ތިބީ ދޫދޭކަށެއް ނޫންކަމަށެވެ. ރައްޔިތުން އެކި ކަންބޮޑުވުންތަކާއިއެކު ގާސިމްގެ އަރިހަށް ވަޑައިގަންނަވާކަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ، ގާސިމްގެ އަރިހުގައި ރައްޔިތަކު އެދިވަޑައިގަންނަވާ ކަމެއް ނުކޮށްދެވިއްޖެ ހާލަތެއްގައި ކުރައްވާ ހިތާމަ އެނގިވަޑައިގަންނަވާކަމަށެވެ.

އޭނާ ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ރާއްޖެ ބަނދުކޮށްފައިހުރި އިރު، ގާސިމްވެސް ހުންނެވީ ލޮކްޑައުންގައިކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ގާސިމްގެ މުޅި ވިޔަފާރިއަށްވެސް ބޮޑެތި އަސަރުތައް ކުރިކަމަށެވެ. އެނާ ވިދާޅުވީ، އެއް ދުވަހު ގާސިމް އޭނާއަށް ފޯނު ކުރެއްވިކަމަށެވެ. އަދި އޭނާއަށް އެހީތަކެއް ފޯރުވެން ނެތުމުގެ ސަބަބުން މީހުންނަށް ގުޅަން ދަތިވެފައިވާކަން ހިއްސާކުރެއްވިކަމަށެވެ. އޭނާ ވިދާޅުވީ، ގާސިމް އެގޮތުގެ މަތިން އަމަލުކުރެއްވިނަމަވެސް، އެހެނިހެން ފަރާތްތަކުން ބަލަނީ ފިއްލަވައިގެން އުޅުއްވުމަށްކަމަށެވެ. އެހެންނަމަވެސް ގާސިމް ލަދުން އުޅުއްވަނީ މީހަކަށް އެއްޗެއް ދެއްވަން ބޭނުންވެވަޑައިގެން ހުންނަވައި އެކަން ކުރެއްވެން ނެތުމުންކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ގާސިމްއަށް އަނިޔާވެރިވެވަޑައިނުގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދަންނަވަނީ އެ ސަބަބުތަކާއި ގުޅިގެންކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު އަމަލު ކުރައްވާނެ ގޮތެއް ރާއްވަވަންވީކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނަަށް ވުރެ މޮޅަށް ކަންކަން ރާއްވަވާނެ ފަރާތެއް ހުރިކަން ދަނެގެން އެކަން ކަން ކުރެއްވުމަށް އޭނާ އިރުޝާދު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: