ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލަމް ތި ޖަހާ ސަކަރާތްތައް ހުއްޓާލާ: އާރިފް

މިނިސްޓަރު އަލީ އާރިފް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީރުންނަށް ރުހުން ނުދީ އެމްޑީޕީއިން ޖަހަމުންދާ ސަަކަރާތްތައް ހުއްޓާލުމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ވަޒީރުންނަށް ރުހުން ނުދިނުމާއިއެކު ގިނަ އަދަދެއްގެ ރައްޔިތުންވަނީ މަަޖިލިސް ސަރަހައްދަށް އެއްވެފައެވެ. މި ސަރަހައްދުގައި ސަރުކާރުގެ ބައެއް ބޭފުޅުންވެސް ހާޒިރުވެތިއްބެވިއިރު އެމްޑީޕީއާއި ދެކޮޅަށް ޝުއޫރުތައް ފާޅުކޮށްފައެވެ. އެގޮތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިސްތިއުފާ ދެއްވުމަށާއި ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލާފައެވެ.

އެ ސަރަހައްދުގައި ހުންނަވައި މީޑިއާތަކާއި ވާހަކަދައްކަވަމުން މިނިސްޓަރ އާރިފް ވިދާޅުވީ، އެމްޑީޕީއަކީ މާ ރީތި ވެރިކަމެއް ކޮށްފައި ފައިބައިގެންދިޔަ ޕާޓީއެއް ނޫންކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ދޭން އެމްޑީޕީއިން ބިރު ގަންނަ ސަބަބަކީ ސަރުކާރު ހިނގައިގަތުމުން ގާނޫނުތައް ވުޖުދަށް އައުން ހިމެނުން އެކަށީގެންވާކަމަށާއި ގޯހެއް ހަދާފައި ހުރި ކޮންމެ މީހަކުވެސް ބިރު ގަންނަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ ބިރެއް ނެތް ނަމަ ވަޒީރުންނަށް ރުހުން ދޭން ނުޖެހޭ ސަބަބެއް ނެތްކަމަށެވެ. އާރިފް ވިދާޅުވީ، ގާނޫނުއަސާސީގައި ވާގޮތުގެ މަތިން ވަޒީރުންނަށް ރުހުން ހޯދުމަށް ފޮނުވާފައިވާތާ ތިން މަސް ވުމާއި ގާތްވަނީކަމަށެވެ. އެހެންކަމުން އެމްޑީޕީއިން އެދަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުން ނޫންތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އާރިފް ވިދާޅުވީ، އެމްޑީޕީއިން ހިންގާފައިވަނީ ޑިމޮކްރެސީ ބަލައިގަންނަ ފަދަ އަމަލެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުންވެސް އެ އަމަލު ބަލައިނުގަންނާނެއިރު އެއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ދަންނަކަމެއް ނޫންކަމަށް ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީއިން ހިންގީ އެކަންކަމުގެ އަސާސްތަކާއި ދިމާ އިދިކޮޅު އަމަލެއްކަމަށް ވިދާޅުވިއެވެ

އެހެންކަމުން ސުލްހަވެރިކަމާއިއެކު އަޑު އުފުލުމަށް ރައްޔިތުން އެއްވާނެކަމަށާއި ހޫނު ވަގުތެއްގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވެފައިވާކަމަށް އަލިއެޅުއްވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއިން މިގޮތުގެ މަތިން އަމަލުކުރާނަމަ އަދިވެސް މީހުން އެއްވާނެކަމަށެވެ. އެެހެންކަމުން ޖައްސަވަމުންދާ ސަކަރާތްތައް ހުއްޓާލެއްވުމަށް މަޖިލީހުގެ ރައީސްއަށް ގޮވާލައްވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިވަގުތު އެމްޑީޕީގެ އަތުގައި މެޖޯރިޓީ އޮތްނަމަވެސް މަދަމާ އެ ހައިސިއްތު ގެއްލިގެންދިއުން އެކަށީގެންވާކަމަށެވެ. އަދި ފެންނަމުންދާ އަމަލުތަކުގެ ސަބަބުން މެޖޯރިޓީ ދެމެހެއްޓޭނެކަމަށް ގަބޫލުނުކުރެއްވޭކަމަށާްވެސް އާރިފް ވިދާޅުވިއެވެ. އާރިފް ވިދާޅުވީ، ޕާޓީގެ ތެރޭގައިވެސް މިކަމަށް ރޫހެއް ނެތްކަން ބައެއް މެމްބަރުން ހިއްސާކުރައްވާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ވޯޓުގެ ތެރޭގައިވެސް އޮޅުވާލުންތަކެއް ވާކަމަށާއި ތްރީލައިން ވިޕެއް ނެރުނީވެސް އެ ސަަބަބާއި ގުޅިގެންކަމަށެވެ. އޭނާ ވިދާޅުވީ، ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މިނިވަންކަން ނިގުޅައިގަނެގެން އުޅުއްވާނީ ކޮންމެވެސް ކަމަކާއި ވަރަށް ބިރުގަންނާތީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: