ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީ ވެސް ޑެޑްލޮކަކަށް، ތިން މެމްބަރަކު ފުއާދާއި އެކު މަސައްކަތް ކުރަން ދެކޮޅު!

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި، ނައިބު ރައީސް އިސްމާއިލް ހަބީބް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަނަސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ފުއާދު ތައުފީގު އިންނަވައިގެން ބާއްވާ އެއްވެސް ޖަލްސާއެއްގައި ބައިވެރިނުވާނެކަމަށް ކޮމިޝަނުގެ ތިން މެމްބަރަކު ބުނެފި އެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ތިން މެމްބަރަކު ވަނީ ފުއާދާއި އެކު މަސައްކަތް ކުރުމަށް ދެކޮޅު ހަދާފަ އެވެ. ފަސް މެމްބަރުން ތިބޭ އިލެކްޝަންސް ކޮމިޝަނުގެ ޖަލްސާއެއް ކުރިޔަށް ގެންދެވޭނީ ތިން މެމްބަރުންގެ ބައިވެރިވުމާއި އެކު އެވެ.

މި ނިންމުން ނިންމާފައި ވަނީ، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެމްބަރުންތަކެއް އެމްޑީޕީން ވަކިވެ އަލަށް އުފެއްދުމަށް މަސައްކަތް ކުރާ ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޫކުރުމުގައި މައްސަލަތައް ދިމާވެފައި ވަނިކޮށެވެ. އަދި މެމްބަރުންގެ އިތުބާރު ފުއާދަށް ނެތްކަމަށް ބުނެފައި ވަނީ ވެސް މި މައްސަލައާއި އެކު އެވެ.

ފުއާދު ކޮމިޝަނުގެ ރައީސްގެ ގޮތުގައި ހުރުމަށް، ނުވަތަ ޖަލްސާތައް ޗެއާ ކުރުމަށް ދެކޮޅު ހެދީ މެމްބަރު އަލީ ނަޝާތާއި، މެމްބަރު މުހައްމަދު އާސިފްގެ އިތުރުން ޑރ. މުހައްމަދު ޒާހިރެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން އެދި ކޮމިޝަނަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މެމްބަރުން މި ހަފްތާގެ އެކި ދުވަސްތަކު ދިޔަ އެވެ. އަދި ހުއްދަ ދޫނުކުރަނީސް ކޮމިޝަނުގެ އޮފީސް ދޫކޮށް ނުދިއުމަށް ނިންމައި މެންދުރު ފަހު 03:00 އިން ފެށިގެން ރޭގަނޑު 08:30 އާއި ހަމައަށް ތިއްބެވެ. އެރޭ ކޮމިޝަނުގެ ބައްދަލުވުމުގައި ދެ މެމްބަރަކު ވޯޓު ދިނީ އަދި އިތުރަށް ބަލަން ޖެހޭ ކަންތަކެއް ހުރުމާއި އެކު މިވަގުތު ޕާޓީއަށް ހުއްދަ ދޫނުކުރުމަށެވެ.

ކޮމިޝަނުގެ ނިންމުމުގެ މައުލޫމާތު ހާމަކުރަމުން އެރޭ ފުއާދު ވިދާޅުވި ގޮތުގައި މެމްބަރުންގެ އިތުބާރު އޭނާގެ މައްޗަށް ނެތެވެ. ފުއާދު ވިދާޅުވީ މެމްބަރުން ތުހުމަތު ކުރީ އޭނާ މަސައްކަތް ކުރައްވަނީ، ވަކި ކޮޅަކަށް ޖެހި ނުފޫޒުގެ ދަށުވެފައި ހުންނަވައި، ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށެވެ. އެއީ ކޮން މެމްބަރުނެއްކަން ހާމަކޮށް، ވޯޓު ނުދެނީ ކޮން ދެ މެމްބަރެއްކަން ވެސް ވިދާޅުވި އެވެ. ފުއާދު ޑިމޮކްރެޓްސްގެ މެމްބަރުންނާއި ދެއްކެވި ވާހަކަ ވީޑިއޯ ކުރުމަށް ފަހު އެބޭފުޅުންގެ ފަރާތުން ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރި އެވެ.

ޑިމޮކްރެޓްސްގެ މެމްބަރުން އީސީގެ ބައެއް މެމްބަރުންގެ މައްޗަށް ވަރަށް ބޮޑެތި ތުހުމަތުތައް ކުރެ އެވެ. އަދި އެއީ ސަރުކާރުގެ އިސްބޭފުޅުންނާއި ގުޅުން އޮތް، އާއިލީ ބޭފުޅުންކަމަށް ވެސް ބުނެފައި ވެއެވެ.

ވަރަށް ގަދަ
88%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: