ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒްގެ ޝުކުރު، ނަޝީދަށް: އެދެނީ ކާމިޔާބަށް، ދެން އެދޭ މަގަކުން ކުރިޔަށް ދާން ފަސޭހަވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން އެމްޑީޕީގެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީން ވަކިވުމަކީ ލިބުނު ހިތާމައެއްކަމަށާއި އެމަނިކުފާނުގެ އެ ނިންމެވުމުގެ ސަބަބުން އެބަޔަކު އިހުތިޔާރު ކުރާ މަގަކުން ކުރިޔަށް ދާން ފަސޭހަވާނެކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރެ ބައިބައިވެ އުފެދުނު މައްސަލަތަކާއި، އެކު ޕާޓީގެ ބާރުތައް ގެއްލި ރިޔާސީ ޓިކެޓު ވެސް ނާކާމިޔާބުވުމުން ރައީސް ނަޝީދު އެމްޑީޕީން ވަކިވާނެކަމަށް މީގެ ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އަދި އެމަނިކުފާނާއި އަރިސް މެމްބަރުން އެމްޑީޕީން އިސްތިއުފާ ދީ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމާއި އެކު، އެންމެ ގިނައިން މެމްބަރުންނަށް އަމާޒު ކުރާ ސުވާލަކީ އެމަނިކުފާނު އެ މަސައްކަތާއި ގުޅޭނެ ދުވަހަކާއި ގުޅޭގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އިތުބާރު ނެތްކަމުގެ މައްސަލައާއި އެކު އެމްޑީޕީގެ އެތެރެ އޮތީ ކުރިޔަށް ވުރެ ބޮޑަށް ހޫނުވެފަ އެވެ. ހާއްސަކޮށް ރައީސް ނަޝީދު ސަރުކާރާއި ދެކޮޅުވެ، ކުރައްވާ މަސައްކަތުގެ ސަބަބުން މަޖިލީސް ޑެޑްލޮކަލަށް ގޮސްފައިވާކަމަށް ސަރުކާރު މެމްބަރުން ތުހުމަތު ކުރެ އެވެ. މިހުރިހާ މައްސަލައެއްގެ ތެރެއިން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ހަމައަށް، ވިދާޅުވަމުން އައީ ބޭނުން ވަނީ ޕާޓީގެ ކަންކަން އިސްލާހު ކުރުމަށް ކަމަށެވެ. އެކަމަކު މިއަދު އެމްޑީޕީން ވަކިވެ، ފައްޔާޒަށް ފޮނުވި ސިޓީގައި ރައީސް ނަޝީދު ވިދާޅުވީ އެ ނިންމުން ނިންމެވީ، ރާއްޖޭގައި މިވަގުތު ހިނގަމުން ދާ ކަންތަކަށް ބަލައި އެމަނިކުފާނު އެމްޑީޕީގައި ހުރުމަކީ އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުފެންނާތީ ކަމަށެވެ.

އެމްޑީޕީން ވަކިވެ، ދެން ރައީސް ނަޝީދު އެންމެ އަވަހަށް އަޅުއްވާނެ ފިޔަވަޅުކަމަށް ބެލެވެނީ ޑިމޮކްރެޓްސްއާއި ގުޅުމެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: