ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމަ ދުވަހު ނަޝީދު މުރައިދޫގެއިން ނިކުންނަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހޯމަ ދުވަހު މުރައިދޫގެއިން ނިކުންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް، ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަތައް ގޯސްވެ، އެ ޕާޓީ ދޫކޮށް ދިޔަ މެމްބަރުން އުފައްދަވާ ޑިމޮކްރެޓްސް ޕާޓީގެ މަސައްކަތްތަކާއި އެކު މަޖިލީހަށް އޮތީ އެމަނިކުފާނާއި އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފަ އެވެ. ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމަށް ހުށަހަޅާފައި ވަނީ މަޖިލީސް ހުއްޓުމަކަށް އައިސް ޑެޑްލޮކަށް ގެނައުމުގައި ޒިންމާވާން ޖެހެނީ ރައީސް ނަޝީދުކަމަށް ބުނެ އެވެ.

މައްސަލަ ގޯސްވެ، އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވައި ރައީސް ނަޝީދު ގޮވާލީ ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދިއުމަށެވެ. އެކަމަކު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، ނޯޓިސް ހަމަވާ ދުވަހު މަޖިލީހުގެ ރައީސަށް ހާއްސަކޮށްފައިވާ މުރައިދޫގެއިން ނިކުންނަވާނެކަމަށް ހާމަކުރެއްވި އެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް ރައީސް ނަޝީދުގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަހުމަދު މައުސޫމް ފޮނުވި ސިޓީގައި ވަނީ ރައީސް ނަޝީދު ބަދަލުވެވަޑައިގަންނަވާނީ ގ. ބޭރުވެރިއަށް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކަމާއި ގުޅޭ އިދާރާތަކަށް އަންގަން ޖެހޭ ރަސްމީ އެންގުންތައް އަންގައި މައުލޫމާތުތައް އެއްކުރަމުން ގެންދާކަމަށް ސިޓީގައި ވެއެވެ.

2021، މޭއި 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިޒަމްގެ ހަމަލާއާއި އެކު އެމަނިކުފާނަށް އޮތް އެފަދަ ނުރައްކާތަކާއި މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް އުފެދިގެން ދިޔަ އެވެ. އަދި ހަމަލާ ދިނުމުގެ ކުރިޔަށް އެފަދަ އެތައް ރޭވުންތަކެއް ރާވާފައިވާކަން ތަހުގީގުތަކުން ހާމަވުމުން، ރައީސް ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް މަޖުބޫރުވި އެވެ. އެސެސްމެންޓުތަކުން ދައްކާގޮތުގައި އެމަނިކުފާނަކީ ރާއްޖޭގައި ހުރި އެންމެ ހައި ރިސްކު ބޭފުޅާ އެވެ.

މަޖިލީހުގެ ރައީސަށް ހާއްސަކޮށް ގެއެއްގެ މަސައްކަތް ފެށުނު ހިސާބަކީ އެއީ އެވެ. އެހެންވެ ސުޕްރީމް ކޯޓުގެ ކުރިމަތީ އޮތް ހުސް ބިމުގައި އިމާރާތުގެ މަސައްކަތް ފެށުމުގެ ކުރިން މުރައިދޫގެ ރައީސް ނަޝީދަށް ހަމަޖެއްސީ އެވެ.

ރައީސް ނަޝީދު ބޭނުންވާ ގޮތަށް މުރައިދޫގެ ދޫކޮށް ނުދެވޭނެކަމާއި، ޕްރޮޓޮކޯލްގެ ދަށުން އެފަދަ ޖާގަތައް ނުދެވޭނެކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ. ރައީސް ނަޝީދުގެ މި ނިންމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އަދި އެމްއެންޑީއެފާއި ހިއްސާ ކުރިކަން އަދި ކަށަވަރު ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: