ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާމިޔާބު ވެރިކަމެއް ކުރެއްވުމަށްފަހު ޖަލު ތޭރިތަކުގައި ކެތްކުރެއްވި ވެރިއެއް ރައީސް ޔާމީން ނޫނީ ނެތް: ސައީދު

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކާމިޔާބު ވެރިކަމެއް ކުރެއްވުމަށްފަހު ޖަލު ތޭރިތަކުގައި ކެތްކުރެއްވި ވެރިއެއް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނޫނީ ނެތްކަމަށް މާވަށު ދާއިރާގެ މެންބަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީއިން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ 950 އަށްވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާކަމަށެވެ، އަދި 2019 ވަނަ އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައިރިކޮށްވެސް އެތައް ދުވަހަކު އެމަނިކުފާނު ޖަލުގައި ބެހެއްޓިކަމަށް ފާހަގަކޮށް ސައީދު ވިދާޅުވީ، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ވިދާޅުވެ އޭރު ރައީސް ޔާމީން ޖަލަށްލީ މަޖިލިސް އިންތިހާބުން ނާކާމިޔާބުވެދާނޭ ހީވުމުންކަމަށެވެ. އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބުނީ ރައީސް ޔާމީން ހައްޔަރުކުރުމުންކަމަށް ސައީދު ވިދާޅުވިއެވެ.

މިއީ އަނިޔާވެރި ސަރުކާރެއްގެ ގޮތުގައި ސައީދު ސިފަކުރެއްވިއެވެ. ޕާޓީގެ ފައިސާ ހިފަހައްޓައި މިހުރިހާކަމެއް ސަރުކާރުން ކުރީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްކަމަށް ވިދާޅުވިއެވެ.

އެއްވެސް ވެރިއަކު މިހާތަނަށް ދިވެހިރާއްޖޭގެ ޖަލެއްގައި ކާމިޔާބު ވެރިކަމެއް ކުރައްވާފަ، މިހެން ދޭ އަނިޔާއަކަށް ރައީސް ޔާމީން ފިޔަވައި ކޮން ބޭފުޅެއްތޯ ކާކުތޯ ކެތްކުރީ.

ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާލުވީ ކާމިޔާބު ވެރިކަމެއް ކުރެއްވުމަށްފަހު ޖަލު ތޭރިތަކުގައި ކެތްކުރެއްވި ވެރިއެއް ރާއްޖޭގައި ރައީސް ޔާމީން ނޫނީ ނެތްކަމަށެވެ. އަދި އޭނާ އިޝާރާތްކުރެއްވީ ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެއްވި ތަރައްގީއަށެވެ. ސިނަމާލެ ބުރިޖާއި، އެއާޕޯޓާށް ގެނެސްދެއްވި ތަރައްގީއާއި އިތުރު އެހެން ކަންކަންވެސް ސައީދު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވަނީ ބައިނަލްއަގުވާމީ ދުނިޔޭގެ އިތުބާރުވެސް ހޯދާފައިކަމަށް ފާހަގަކޮށް، ސައީދު ތަކުރާރުކޮށް ވިދާޅުވީ ރައީސް ޔާމީންއަށް ދެމުން ދަނީ ނުހައްގު އަނިޔާއެއްކަމަށެވެ. އަދި މި މައްސަލައިގައި އިންސާފު ހޯދުމަށް ރައީސް ޔާމީން ހައި ކޯޓަށް ވަޑައިގެންނެވިކަން ފާހަގަކޮށް ސައީދު ވިދާޅުވީ ރައީސް ޔާމީން ހައި ކޯޓުން ސަލާމަތްވެވަޑައިގަންނަވާނެކަން އިނގިލައްވާތީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އެންގެވުމަށް ދަށު ކޯޓުގައި ތަރުތީބުކޮށް ރައީސް ޔާމީންގެ އަޑޫ އެހުން ކޮންމެ ދުވަހަކަށް ތައާވަލުކޮށްފައިވާކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: