ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ. ހިތަދޫ ސްކޫލުގައި ހުރީ އެއް ކޮމްޕިއުޓަރު، 40 ޓީޗަރުން ޖެެހެނީ ކިއުގައި ތިބެން: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ވިސްނަންވަނީ ހަމައެކަނި ތައުލީމީ ވުޒާރާތަކުގެ އިންފްރާސްރަކްޗަރ އިންވެސްޓް ކުރަން އެކަނި ނޫންކަމަށާއި، ސްކޫލުތަކުގައި ކިޔަދެއްވާ ޓީޗަރުންނަށް ވެސް އިންވެސްޓު ކުރުން މުހިންމުކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސައީދު ވިދާޅުވީ މުޖުތަމައުއަށް ރަނގަޅު ދަރިވަރުން ތަކެއް ނެރެވޭނީ އުގަންނައިދޭ ޓީޗަރުންނަށްވެސް އެ ފުރުސަތުތައް ހޯދަދީގެންކަން ކަމަށެވެ. ޓީޗަރުންނަށް އެދެވޭ މުސާރައިގެ އިތުރުން އެމީހުންނަށް ހަމަޖެހިލައިގެން ދިރިއުޅުވޭނެ ގޮތް ހޯދަދިނުން މުހިންމުކަން ފާހަގަކޮށް ސައީދު ވިދާޅުވީ ޓީޗަރުންނަށް ދިރިއުޅުމުގެ ފެންވަރު ރަގަޅުކޮށްދިނުމުގެ އިތުރުން ސްކޫލްތަކުގެ އިދާރީ މަސައްކަތްތަކުން ޓީޗަރުން އެއްކިބާކޮށްގެން ނޫނީ މައިންބަފައިން ބޭނުންވާ ނޫނީ މުސްތަޤްބަލަށް ބެނުންވާ ދަރިވަރުން ބިނާ ނުކުރެވޭނެ ކަމަށެވެ.

“އިއްޒަތްތެރި ރައީސް.. އަޅުގަނޑު ނިސްބަތްވާ ދާއިރާގެ ހިތަދޫ މިސާލަކަށް އިނގޭތޯ. ހިތަދޫގެ މިވަގުތުވެސް ސައިންސްލެބެއްނެތް. ކޮމްޕިއުޓަ ލެބެއް ނެތް. ލައިބްރަރީއެއް ނެތް. 40 ޓީޗަރުން ބޭނުންކުރަން އެންމެ ކޮމްޕިއުޓަރެއް. ދެން ވިސަނުންފުޅަށް ގެންނަވާ 40 ޓީޗަރުން ކިއު ހަދައިގެން އެންމެ ކޮންޕިއުޓަރެއްގެ އިންތިޒާރުގަ ތިބެންވެއްޖެއްޔާ އެ 40 ޓީޗަރުން ކިޔަވައިދޭ ދަރިވަރުން ކިޔަވަން ފޮނުވާ މައިންބަފައިންނަށް އަޅުގަނޑުމެންނަށް ދެވޭ އިންސާފަކީ ކޮބައިތޯ.” ސައީދު

ތަރައގީވަމުން އަންނަ ނުނައިޓެޑް އެރެބް އެމެރެއިޓްސް ކަހަލަ ގައުމުތަކުން ވެސް ނިންމަވާފައި ވަނީ ޓީޗަރުން ލައްވައި ސްކޫލުތަކުގެ އިދާރީ މަސައްކަތްތައް ނުކުރުވަން ކަމަށް ސައީދު ވިދާޅުވިއެވެ. މިގޮތަށް އެ ގައުމުން އަމަލު ކުރަން ނިންމީ، މައިންބަފައިން ކުދިން ސްކޫލުތަކަށް ފޮނުވަނީ ވަރަށް ބޮޑު އުންމީދުތަކާއި އެކީކަމަށް ވުމާއި އެކު ކުދިންނަށް ދޭންވާ އެއްބާރުލުމައި ކިޔެވުމުގައި ޓީޗަރުންގެ ފަރާތުން އެކުދިންނަށް ބޭނުންވާނެ ފުލް އެޓެންޝަން ލިބޭނީ ޓީޗަރުންނަށް ވެސް ކިޔަވައި ދިނުމުގައި ލުއިފަސޭހަ ގޮތްތަކެއް ސްކޫލުތަކުން ފޯރުކޮށްދީގެން ކަމަށް ސައީދުގެ ވާހަކައިގައި ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި އަދުލު އިންސާފު ޤާއިމު ނުކުރެވޭ އިރު ފަހުގެ ޖީލުތަކަށް ޤައުމަށް ހިދުމަތް ކުރަން ވިސްނާއިރު އެ ކުދިންގެ ފަރާތުން މާ ބޮޑު ޖާގައެއްނެތްކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އެޑިޓަރުގެ ނޯޓު: މީގެ ކުރިން ގެނެސްދިން ހަބަރުގައި، މާވަށު ސްކޫލުކަމަށް ޖެހިފައިވަނީ ލިޔުމުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ އެ ދާއިރާގެ ހިތަދޫ އެވެ. މި ކުށަށް ކިއުންތެރިންގެ އަރިހުން މައާފަށް އެދެމެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: