ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ގައުމީ ދިދައިގެ މައްޗަށް އެހެން ބައެއްގެ ދިދައެއް ނަގައިފި: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ).
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ގައުމީ ދިދައިގެ މައްޗަށް އެހެން ބައެއްގެ ދިދައެއް ނަގާފައިވާ ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުލްރަހީމް ވިދާޅުވީ ދުވަސްވީ ބޭފުޅުންގެ ލޮލުން ކަރުނަ ހިލިފައި އެބަތިބިކަމަށެވެ. އަދި އެއީ ރާއްޖޭގައި މީގެ ކުރިން ކަންތައްވީ ގޮތާއި މިހާރު ކަންވަމުންދާ ގޮތާއިމެދު ވިސްނާ އެމީހުން ދަރިންނަށް މުސްތަގުބަލުގައި ކަންވެދާނެ ގޮތެއް ވިސްނިކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

މީގެ ކުރިން އެމީހުން ދުށީ ވަރަށް އަމާން އެކުވެރި އެއްބައިވަންތަ މުޖުތަމައުއެއް އޮތް ދިވެހިރާއްޖެއެއްކަމަށާއި، އަދި ގަދަރާއި އިހުތިރާމު ލިބިގެންވާ ވެރިންނާއި ރައްޔިތުންތަކެއްކަމަށް ފާހަގަކޮށް އަބްދުލްރަހީމް ވިދާޅުވީ ނަމަވެސް މިހާރު އެމީހުންނަށް ފެނިގެންމިދަނީ ރަހުމެއް ހަމްދަރުދީއެއް ނެތް ވެރިންކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. ވެރިން ރައްޔިތުންނަށް އޯގާތެރިނުވާކަމަށާއި، އަދި ރައްޔިތުންވެސް ވެރިންނަށް އިހުތިރާމު ނުކުރާކަމަށް ފާހަގަކޮށް އަބްދުލްރަހީމް ވިދާޅުވީ ގައުމުގައި ހަމަޖެހުމެއްވެސް ނެތްކަމަށެވެ.

އެކުވެރިކަމެއް އޮތީއެއް ނޫން، އެއްބައިވަންތަކަމެއް މިތާ އޮތީއެއް ނޫން. މިއީ މިއަދު އަޅުގަނޑުމެންގެ ހަރު ބޭފުޅުން ކުރަމުންދާ ތަޖުރިބާ. މި ދެ ކަންތައް އަޅާކިޔާފަ އެބޭފުޅުން މި ވިދާޅުވަނީ ތިޔާލީއަސް ނިކަން ތަނަވަސް މި މައިދާނަން އަލުން ނެރިފާ، ސިޔާހަތަކަށް ފެށީމާ ފެންނަނީ ރޮވިދާނެ މަންޒަރުތާއޭ.

އަބްދުލްރަހީމް ވިދާޅުވިއެވެ.

މާދަމާ ކުރަން އޮތް ދަތުރުން ނާމަންކަން ވަރަށް ބޮޑުކަމަށް ފާހަގަކޮށް އަބްދުލްރަހީމް ވިދާޅުވީ ގައުމީ އިމާރާތެއް ނެތްކަމަށާއި، އަދި ގައުމީ އިމާރާތް މި ސަރުކާރުން ގެންދަނީ ބިންގަލާއި ހަމައިން ރޫޅާލަމުން ގެންދާކަމަށެވެ. އަދި ގައުމީ ދިދައިގެ އިއްޒަތާއި ޝަރަފު ކޮބައިތޯ އާއި ގައުމީ ދިދަވެސް އޮތީ ބިމާއި ހަމަވެފައިކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. ދިވެހި ދިދައިގެ މައްޗަށް އެހެން ދިދައެއް ބަޔަކު ނަގައިފިކަމަށްވެސްް އަބްދުލްރަހީމް ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖޭގައި އޮތް މިނިވަންކަމާއި އަމާންކަން މާދަމާގެ ޖީލަށް ރައްކާތެރިކަމާއިއެކު ފޯރުކޮށްދެވިދާނެތޯ ސުވާލުއުފައްދާ އަބްދުލްރަހީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރާއްޖެއަކީ މީހުން މަދު، އަދި ފުދުންތެރިކަން ކުޑަ ގައުމެއް ނަމަވެސް އަމިއްލަވަންތަ ގައުމެއްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އެ އަމިއްލަވަންތަކަމުން ގެނައި ހަމަޖެހުމާއި، އެކުވެރިކަމާއި އަދި އެއްބައިވަންތަކަން ކުރިން އޮތް ނަމަވެސް މިހާރު ތަފާތުކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ވަސީލަތްތައް މާ ގިނަކަމަށާއި، އަދި އާބާދީވެސް ބޮޑުވެއްޖެކަމަށާއި، އަދި ތަރައްގީވެސް އަންނަމުންދާކަމަށް ފާހަގަކޮށް އަބްދުލްރަހީމް ވިދާޅުވީ ނަމަވެސް އައި ވެރިކަމެއްގެ ސަބަބުން ގައުމު ހަލާކުވެއްޖެކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އަދި މިވެރިކަން ބަދަލުކުރަން ޖެހޭކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: