ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއީގެ، ރައްދު ގާސިމަށް؛ ”ހިތުހުރިހާ އެއްޗެއް ގޮވާ ވެސް، ޖޭޕީއަށް ގެއަށް ކަނޑާލަން ނުކެރޭނެ“

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީ (ޖޭޕީ) ސަރުކާރު ކޯލިޝަނުގައި އޮވެ ރިޔާސީ އިންތިހާބުގެ މަސައްކަތްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް މަސައްކަތް ކުރަމުން ގެންދާތީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އެކަމަށް އަނެއްކާވެސް ފާޑުވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، ގާސިމްގެ ބޮޑެތި ފާޑުކިއުންތައް ސަރުކާރަށް އަމާޒުވިއިރު ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި އޭނާ ހިތްހަމަނުޖެހުނީ ފަޅުތަކެއްގެ މައްސަލައިގަ އެވެ. ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަމަށް އިއުލާނު ކުރި ނަމަވެސް، އަދި ވެސް ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ޖޭޕީ އޮތުމާއި މެދު އެމްޑީޕީގެ ގިނަ މެމްބަރުން ސުވާލު އުފައްދަ އެވެ. އަދި އެ ޕާޓީގެ މެމްބަރުން ސަރުކާރަށް ފާޑުކިއުން އަމާޒު ކުރާއިރު، ސަރުކާރެއްގައި ދެ ރިޔާސީ ކެނޑިޑޭޓުންނަށް ނުތިބެވޭނެކަމަށް އެމްޑީޕީގެ އިސް މެމްބަރުން ވެސް ވަނީ ބުނެފަ އެވެ.

ކައުންސިލް ބައްދަލުވުމުގައި ރޭ ގާސިމް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ދަނީ މަތިމައްޗަށް ގޯސްތައް ހަދަމުންނެވެ. އަދި އެމަނިކުފާނު ގެއަށް “ކަނޑާލަން ޖެހޭ” ކަމަށް ވިދާޅުވެ ފާޑުކިއުން އަމާޒު ކުރި އެވެ.

ގާސިމްގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވީ، ވިލާ ގުރޫޕަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ހިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާތީ އެވެ. ގާސިމް ވިދާޅުވީ އެކަން އެގޮތަށް ހިނގާފައި ވަނީ ރައީސް ސޯލިހުގެ އެންގުމަކަށް ކަމަށެވެ.

ސަރުކާރުން މުވައްސަސާތަކުގެ ތެރެއަށް އިންތިހާއަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކޮށް ގާސިމް ވިދާޅުވީ އެ އަމަލުތަކަށް ރައީސް އިރުޝާދު ދެނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ކަމަށެވެ. ގާސިމް ވިދާޅުވީ ރައީސް އަންގަވައިގެން ކޮންމެ ދުވަހަކު ވެސް އެކި މުވައްސަސާތަކަށް އަލީ ޒާހިރު ގުޅުއްވައި މަސައްކަތްތަކަށް ހުރަސް އަޅާކަމަށެވެ.

މީގެއިތުރުން މަޖިލީހުގައި މަރުތަޅު އެޅުވީ ވެސް ސަރުކާރުންކަމަށް ގާސިމް ވިދާޅުވި އެވެ. އެކަން ފާހަގަކޮށް ގާސިމް ވިދާޅުވީ ރައީސް ސޯލިހަށް ރައްޔިތުންގެ އެއްވެސް އިތުބާރެއް ނެތް ކަމަށެވެ.

ގާސިމް ރައީސް ސޯލިހަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކުގެ ވީޑިއޯތަކާއި، ހަބަރުތައް ދައުރުވާން ފެށުމުން ސަރުކާރުގެ ދިފާއުގައި އެމްޑީޕީގެ މެމްބަރު ރާއީ ވިދާޅުވީ ބޭނުންވާ ގޮތަކަށް ރައީސަށް އަމާޒުކޮށް ވާހަކަ ދެއްކެވުމުގެ ކުރިން އެންމެ ރަނގަޅީ ޖޭޕީގެ ސްލޮޓުތަކުގައި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ގެއަށް ދިއުން ކަމަށެވެ.

ހިތު  ހުރިހާ  އެއްޗެއް  ވިދާޅުވަމުން  ގެންދަވާއިރު، ވިދާޅުވާން ވީނުތޯ އަޅުގަނޑުގެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ފަރާތް ތަށް މިހިނދުން މިހިނދަށް އިސްތިއުފާދޭން، ނޫނީ ގެއަށް ކަނޑާލާން، ނުކެރޭނެ، އަރާނެ ގޮޅިއެއް  އަދިވެސް ނުނިންމޭ، ގައުމަށާއި ރައްޔިތުންނަށޭ ކިޔުއްވައިގެން، އަބަދުވެސް  ކޮބައިތޯ މަށަށް މޮޅުވާނެ  ގޮތް  ހޯދުމުގައި

ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ބައެއް ވަޒީރުން މަގާމުތަކުގައި ތިބިއިރު، އެބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭކަމަށް މީގެ ކުރިން ވެސް ރާއީ ވިދާޅުވި އެވެ. ރާއީ  ވިދާޅުވީ މިހާރު ސަރުކާރުގެ ވަޒީރުކަމުގައި ތިއްބެވި ބޭފުޅުން ރީތި ގޮތުގައި އަމިއްލައަށް އިސްތިއުފާ ނުދެއްވާނަމަ، އެމްޑީޕީގެ އަޣުލަބިއްޔަތު އޮތުމާއި އެކު އިތުބާރު ނެތްކަމުގެ ވޯޓު ނެގުން މުހިންމު ކަމަށެވެ.

އެމްޑީޕީގެ އެ މެމްބަރުންނަށް ރައްދު ދީ ގާސިމް އެ ދުވަހު ވިދާޅުވީ، ކޯލިޝަން އެއްބަސްވުމެއް އޮއްވައި ސަރުކާރުން ބޭރު ނުކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާއިރު ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ނިންމުމުގައި މައްސަލައެއް ނެތްކަމަށް ވިދާޅުވި އެވެ.

2018 ގެ ރިޔާސީ ރިޔާސީ އިންތިހާބުގެ މަސައްކަތް އެކުގައި ކުރިޔަށް ގެންދިޔައީ އެއްބަސްވުމެއްގެ ދަށުންކަމަށް ދައްކަވާ ވާހަކަ ތަކުރާރު ކުރައްވައި ގާސިމް ވިދާޅުވީ އެ ލިޔެކިއުމަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، ޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ނިންމި ނިންމުމެއްގެ ސަބަބުން ވަޒީރުންނާއި އެހެން މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން އިސްތިއުފާ ދޭން ނުޖެހޭނެކަމަށް ގާސިމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: