ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް އާއި އިދިކޮޅު ކޯލިޝަން ރަސްމީ މަޝްވަރާތަކަށް

ޑިމޮކްރެޓްސްއާއި ޕީޕީއެމްއިން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އަރީހު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، ދަ ޑިމޮކްރެޓްސް ގުޅިގެން ސިޔާސީ މަސައްކަތްތައް ކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި އަހަރުތަކެއް ވަންދެން މަސައްކަތް ކުރުމަށް ފަހު، އެ ޕާޓީން ބައެއް މެމްބަރުން ވަކިވީ ކުރީގެ އުސޫލުތަކާއި އަސާސްތައް ދެމެހެއްޓުމުގައި ފެއިލްވެފައިވާކަމަށް ބުނެ އެވެ. ހާއްސަކޮށް އެމްޑީޕީއަށް ފުރަތަމަ ވެރިކަން ހޯދައިދިން ރައީސް މުހައްމަދު ނަޝީދާއި މެދު އިހާނެތިކޮށް އަމަލުތައް ބަހައްޓައި ސަރުކާރުން ބޭނުންވީ އެމަނިކުފާނު އެއްފަރާތް ކުރުމަށްކަމުގެ ތުހުމަތުތައް ވެސް ކުރި އެވެ.

އެއާއި އެކު ސަރުކާރު ބަލި ކުރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރާނެކަމަށް ބުނެ ފެށި، ޑިމޮކްރެޓްސްގެ މަސައްކަތްތައް އަދި އޮތީ ހުއްދަ ދިނުމާއި ހަމައިގައި ތާށިވެފަ އެވެ. ރިޔާސީ އިންތިހާބަށް ގާތްވެފައި ވަނިކޮށް މިއަދުގެ ވަގުތެއްގައި އިދިކޮޅާއި ޑިމޮކްރެޓްސް ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.

މިއީ މީޑިއާތަކަށް ރަސްމީކޮށް މިފަދަ ބައްދަލުވުމެއް ބޭއްވިކަން ހާމަކުރި ފުރަތަމަ ފަހަރެވެ. އަދި މީޑިއާތަކާއި ބައްދަލުކޮށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެ ބައްދަލުވުމަކީ މި ސަރުކާރު ނިމުމަކަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތުގެ ފެށުން ކަމަށެވެ. އަދި ސަރުކާރު ނިމުމަކަށް ގެނެސް ކުރަން ޖެހޭ މަސައްކަތުގެ ސިލްސިލާ ބައްދަލުވުންތައް ކުރިޔަށް ގެންދާނެކަމަށް ވެސް އޭނާ ހާމަކުރި އެވެ.

އާޒިމްގެ ވާހަކައިގައި މިއަދު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ދަރަނިތައް ވަނީ އަތް ނުފޯރާފަށަށް ގޮސްފަ އެވެ. އަދި ދައުލަތުގެ އެކި މުވައްސަސާތައް އޮތީ ސަރުކާރުގެ މުށުތެރޭގައި ފިތި ބާރުވެފައިކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ.

ރިޔާސީ އިންތިހާބަށް ބާކީ އޮތީ ފުރިހަމަ ދެ މަސް ދުވަހެވެ. އަދި ދެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުން ވެސް އަދި ކަށަވަރުވެފައި ނުވާއިރު ނޫސްވެރިންގެ ސުވާލުތަކުގައި އެކަން ވެސް ފާހަގަކުރި އެވެ. ނަމަވެސް ޖަވާބުގައި އާޒިމް ވިދާޅުވީ ދެ ޕާޓީގެ ވެސް އަމާޒަކީ އެއް އަމާޒު ކަމަށެވެ. އެއީ ގުޅިގެން އެއް ކެނޑިޑޭޓު ނެރުން ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: