ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ބަންދަށް ފަހު ރައީސް ޔާމީންގެ މެނިފެސްޓޯ އިއުލާނުކޮށް، ދަތުރުތައް ފަށަނީ

ރައީސް ޔާމީންގެ ކެމްޕެއިން ދަތުރެއްގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިން ލޯންޗު ކުރުން އީދު ބަންދަށް ފަހު ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށް އިއުލާނުކޮށްފި އެވެ.

ރައީސް ޔާމީންގެ ކެމްޕެއިނާއި ބެހޭ މައުލޫމާތުތައް ހިއްސާ ކުރައްވައި، ކެމްޕެއިން މެނޭޖަރު މުހައްމަދު އަމީން ވިދާޅުވީ ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދޭން ބޭނުންވާ އެނމެ ހާއްސަ މެސެޖަކީ އެމަނިކުފާނު އަބަދުވެސް ގައުމުގެ ހައްގުގައި ދެމި ހުރުން ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާއިރު އެ ކަނޑު އަނބުރާ ރައީސް ޔާމީން ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތަށް ވެސް ލޮޅުންތަކެއް އައިސްފައިވާކަމަށާއި، އެ ހާލަތުން އަރައިގަތުމަށް ކުރަން ޖެހުނު މަސައްކަތްތައް ކުރިޔަށް ގެންދަވާނެކަމުގެ ޔަގީންކަން ރައީސް ޔާމީން ދެއްވާކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އަމީން ވިދާޅުވީ ރައީސް ޔާމީންގެ އެންމެ ބޮޑު ވައުދަކީ ރާއްޖޭގެ ފަސްގަނޑުގައި ތިބި އިންޑިއާގެ ސިފައިން ގައުމުން ބޭލުވުން ކަމަށެވެ. އަދި އެހެން ބައެއްގެ ނުވަތަ އިންޑިއާގެ ނުފޫޒުގެ ދަށުގައި އޮތް އޮތުމަށް ނިމުމަކަށް ގެންނަވާނެކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އަމާޒަކީ ކެމްޕެއިނުގެ ހުރިހާ ހަރަކާތެއް ވެސް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިޔަށް ގެންދިއުން ކަމަށެވެ. އަދި މިހާރު ނިންމާފައި ވަނީ އީދު ބަންދު ނިމުމާއި އެކު ދަތުރުތައް ފެށުމަށްކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި، ހިނގާ ކޮމިޓީޓައް އެކުލަވާލުވުން ހިމެނެ އެވެ. އަދި ޕާޓީގެ ސަފުތައް އެއާއި އެކު ރުކުރުވާލެވިފައިވާކަމަށް ވިދާޅުވި އެވެ.

ޕާޓީގެ ސިޔާސަތުތަކަށް އިޝާރާތް ކުރައްވައި އަމީން ވިދާޅުވީ، އެ މަސައްކަތައް ވެސް ދަނީ ބާރަށް ކުރިޔަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: