ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްދަ ދޭނެކަމަށް ބުނި ނަމަވެސް އިތުބާރު ނުކުރެވޭތީ ޑިމޮކްރެޓްސް ކޯޓަށް ދަނީ

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަން ލަތީފު/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު އިސްވެ އޮވެ، ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ހިފަހައްޓާފައިވާކަމަށް ބުނެ ކޯޓަށް ދިއުމަށް އެ ޕާޓީ އުފެއްދުމުގައި ހަރަކާތްތެރިވާ މެމްބަރުން ނިންމައިފި އެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވުމާއި ގާތްވެފައި ވަނިކޮށް ކޮމިޝަނުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

ނޫސްވެރިންނާއި ބައްދަލުކޮށް އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްގެ ހުއްދަ ނުދީ ހިފަހައްޓާފައި ވަނީ އުސޫލުތަކާއި ހިލާފަށް ކަމަށެވެ. ޕާޓީ އުފެއްދުމަށް ބޭނުންވާ ސޮއި ހަމަކޮށް ކުރު މުއްދަތެއްގެ ތެރޭގައި ފޯމުތައް ހުށަހެޅުމުން ވެސް މިވީ 25 ދުވަހުގެ ތެރޭގައި ކޮމިޝަނުގެ  ބައެއް މެމްބަރުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހު ފޯމުތައް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައި ފޯމުތައް ޕްރޮސެސް ކުރާނެކަމަށް އީސީން ބުނިކަމަށެވެ. އެކަމަކު އެ މުއްދަތު ފަހަނަޅައި ދިޔައިރު ވެސް ހުއްދަ ނުދިންކަމަށް ވިދާޅުވި އެވެ. ހަސަން ވިދާޅުވީ އެ މަސައްކަތްތައް ވެސް ނިމިފައިވާކަމަށާއި ހުއްދަ ހިފަހައްޓާފައި ވަނީ ކޮމިޝަނުގެ ބައެއް މެމްބަރުން އެގޮތަށް ބޭނުންވެގެން ކަމަށެވެ.

ފޯމުތައް ވެރިފައި ކުރަން ލިބޭކަމަށް ބުނާ ތިން މަސް ދުވަހާއި ގުޅިގެން ހަސަން ލަތީފް ވިދާޅުވެފައި ވަނީ މަސައްކަތް ނިމުމާއި އެކު ދެން އިތުރަށް ފޯމުތައް ހިފެހެއްޓޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ސަބަބަކީ އެއީކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ކޯޓަށް ދާނެކަމަށް އިއުލާނު ކުރުމުގެ ކުރިޔަށް މިއަދު އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ ޑިމޮކްރެޓްސްގެ ރެޖިސްޓްރީ ހުއްދަ ދޭން ނިންމިކަމަށް އިއުލާނުކޮށްފަ އެވެ. އެކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ ފޯނުން ގުޅައި އެގޮތަށް އެންގި ނަމަވެސް އިތުބާރު ނުކުރާ ކަމަށެވެ. އަދި އޭގެ ސަބަބަކީ ފޯނުން ގުޅައި ދައްކާ ވާހަކަތަކާއި އަމަލާއި ދިމާނުވުންކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: