ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއުލާނުކުރި ގޯތިތަކުގެ 90 އިންސައްތަ ވުޖޫދުގައިވެސް ނެތް: ސައީދު

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިއުލާނު ކުރެވިފައިވާ ބިންތަކުގެ 90 އިންސައްތަ ވުޖޫދުގައި ނެތްކަމަށް އިޝާރާތްކުރައްވާ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލުތަކެއް ގެނެސްދެއްވުމުގެ ގޮތުން، ރައީސް ސާލިހު އިއުލާނުކުރައްވާފައިވާ ބިންވެރިޔާގެ ވަގުތީ ލިސްޓު އާންުމު ކުރުމާއިއެކު، ސައީދުވަނީ އެ ސްކީމުގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ހައްދަވަމުންދަނީ ބުހުތާނު ދޮގުކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލައްވަމުންދާކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު، ސަރުކާރުން ގިނަ އަދަދެއްގެ މީހުންނަށް ގޯތިތައް ލިބުމުގެ އުންމީދު ދީފައިވާއިރު، ސައީދު ވިދާޅުވީ، ދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ގޯތިތަކުގެ 90 އިންސައްތައަކީ ވުޖޫދުގައި ނެތް ބިންތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ރައީސް ސާލިހު ދަސްވެފައިވާކަމަށެވެ. އަދި އެއްވެސް ރައްޔިތަކު ރައީސްއަށް އިތުބާރު ނުކުރައްވާކަަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދޅާުވީ، ދިވެހި ދައުލަތުގެ ދަރަނިވަނީ 110 ބިލިއަންއަށް އަރާފައިކަމަށެވެ. އަދި މި ސަރުކާރުން ވަނީ 65 ބިލިއަންގެ ދަރަންޏެއް އުފައްދާފައިނަމަވެސް އެއްވެސް އޮއްޓަރެއްހުރި މަސައްކަތެއް ކުރެވިފައިނުވާކަމަށްވެސް ވިދާޅުވިއެވެ. ސައީދު ވިދާޅުވީ، ދައުރު ނިމުމަށާއި ރައީސް ސާލިހަށް އަލްވަދާއު ކިއުމަށް ބާކީ އޮތީ 80 ވަރަކަށް ދުވަސްކަމަށެވެ.

އިދިކޮޅު ޕީޕީއެމްގެ މެމްބަރުންގެ އިތުރުން ޑިމޮކްރެޓްސްގެ އިސް ފަރާތްތަކުންވެސް ވަނީ ބިންވެރިޔާ ސްކީމަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އެގޮތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަށް އަމީނީ މަގުގެ ތަންކޮޅެއް ނިންމާލެވުން ވަނީ ބުރިޖު އެޅުންފަދަ މެގާ ޕްރޮޖެކްޓަކަށް ކަމަށެވެ. އޭނާ ވިދާޅުވީ، ބޯހިޔާވަހިކަމަށް އެދި ހުށައަޅާފައިވާ މީހުންގެ ލިސްޓުވެސް ސަރުކާރަށް ފެންނަނީ ގޯތި ދީ ނިންމާފައިވާ މީހުންގެ ލިސްޓެއްގެ ގޮތުގައިކަމަށެވެ.
ގިނަ އަދަދެއްގެ ގޯތިތައް އަދި ވުޖޫދުގައި ނެތްކަމަށްވެސް ވަހީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ވުޖޫދުގައި ނުވެސް ނެތް ކަންކަމާއި ގުޅުވައިގެން ކަލަގޮވުން ނޫންކަމެއް މި ސަރުކާރުން ނުކުރާކަމަށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: