ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން: އަބްދުއްރަހީމް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ / ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަން އަބަދުވެސް ދެމި އޮންނާނީ ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓާ ޕާޓީގެ ގޮތުގައިކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސިޔާސީ ބައެއް މަސައްކަތްތަކަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވާހަކަ ދެއްކެވއިރު އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި ޑިމޮކްރެޓްސްގެ ބައެއް ސިޔާސީ މަސައްކަތްތައް ދަނީ ކުރިޔަށެވެ. އަދި އެ މަސައްކަތްތައް ރަސްމީކޮށް އިއުލާނު ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވެސް ކުރިޔަށް ދިޔަކަން ފާހަގަކުރެވެ އެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ރައީސް ޔާމީންގެ ސިޔާސަތުތައް ފަހަނަޅައި ކުރިޔަށް ނުދާނެކަމަށެވެ. އަދި އެ ޕާޓީއަކީ ރާއްޖޭގައި އިސްލާމް ދީނުން އެހެން ދީނަކަށް ޖާގަ ދިނުމަށް ކުރަމުން ދާ މަސައްކަތްތައް ހުއްޓުވުމަށް ކެރިގެން ނިކުންނާނެ ޕާޓީކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާފަދަ އެތައް ކަމެއް ސަރުކާރުގެ ތެރެއިން ތަކުރާރުކޮށް ފެންނަމުންދާއިރު ޕީޕީއެމް، ޕީއެންސީއަކީ އެއްވެސް ގައުމެއްގެ ދަށުވެ އެ ބަޔަކު ބޭނުންވާ ގޮތަކަށް މަސައްކަތް ކުރާނެ ޕާޓީއެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެ ޕާޓީއަކީ ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަކަށް ގާއިމުވެ ތިބުމަށް ޖާގަ ދޭނެ ބައެއް ނޫންކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެންމެ މުހިންމީ އެންމެ ގައުމަކަށް، ނުވަތަ ވަކިވަކި ގައުމުތަކަށް ބުރަވެތިބުމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށެވެ. އެހެންކަމުން އެ ޕާޓީގެ ސިޔާސަތަކަށް ވާނީ ހުރިހާ ގައުމަކާއި އެކު ވެސް ހަމަހަމަކަމާއި އެކު ގުޅުންގާއިމުކޮށްގެން ކުރިޔަށް ދިއުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެކަމަކު އެ ގައުމެއް އެއީ ދިވެހިންގެ މިނިވަންކަމާއި، އަމިއްލަވަންތަކަމަށް އިހުތިރާމް ކުރާ ބަޔަކަށް ވާން ޖެހޭނެކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

އަޅުގަނޑުމެންގެ މިނިވަންކަމާއި، އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަމަށް އިހުތިރާމު ކުރާ ބައެއް ބޭނުމީ.. ހަމަހަމަކަމާއި އެކު އެކުވެރިކަމާއި އެކު ކުރިޔަށް ދާ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް، ޕީއެންސީ އޮންނާނީ..

އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ މަސައްކަތްތައް ވެސް ކުރެވޭނީ، ހަމަ އެ ހަމަތަކާއި އުސޫލުތައް ދަންނަ އެކަންކަން ގަބޫލު ކުރާ ބަޔަކާއި އެކު ކަމަށެވެ. އޭގެ ސަބަބެއްކަމަށް އޭނާ ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބަކީ ދިވެހި ގައުމުގެ ހައްގުގައި ނިކުންނަ ފަހަރަކަށް ވާތީއެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިވަގުތު ޖަލު ބަންދުގައި ހުންނެވުމަކީ އިދިކޮޅުގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްދާނެ ފަދަ ހާލަތެއް ނަމަވެސް އަބްދުރައްހީމް ވިދާޅުވި ގޮތުގައި ކޮންގްރެސް ކޯލިޝަނުގެ އަމާޒަކީ އެއް އަމާޒެވެ. އެއީ ދިވެހި ގައުމު ސަލާމަތްކޮށް، ރައީސް ޔާމީން ވެރިކަމަށް އަލުން އިންތިހާބު ކުރުންކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އަނިޔާވެރިއެއްކަމަށް ސިފަ ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ނުހައްގުން ޖަލުގައި ބާއްވައި ސިޔާސީ މަންފާއެއް ސަރުކާރަށް ނުލިބޭނެ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި ބަންދުކޮށް މިވީ 900 އަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ތާއީދު ވީ އިތުރުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅާއި ޑިމޮކްރެޓްސް ގުޅިގެން ބައެއް މަސައްކަތްތައް ކުރިޔަށް ގެންދާއިރު ޖުލައި 03 ގައި ކަންމަތީ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުމުގައި ދެ ޕާޓީގެ އިސްބޭފުޅުން ބައިވެރިވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: