ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މިހާ ހިސާބަށް ގެނައީ އަމިއްލަ ޖީބުން ހަރަދުކޮށްގެން: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް).
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ މިހާ ހިސާބަށް ގެނައީ އަމިއްލަ ޖީބުން ހަރަދުކޮށްގެންކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެހެން ޕާޓީއަކުން އައިސް އެމްޑީޕީ ހަލާކުރާކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެއްވާ ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ޝަރީފް ވިދާޅުވީ، އެ ވާހަކަދައްކަވާ ގިނަ ބޭފުޅުންނަކީ އެމްޑީޕީ އުފެއްދުމުގައި މަސައްކަތްކުރެއްވި މީހުން ނޫންކަމަށެވެ.

އޭނާ އެމްޑީޕީއަށް ކޮށްދެއްވި މަސައްކަތް މަދުނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީގެ ހަރުގޭގައި ގަނޑި ދެގަނޑިއިރުވަންދެން، ވާހަކަ ދައްކާނެ އެހެން މީހެއް ނެތިގެން ވާހަކަދައްކާފައި ހުނާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެމްޑީޕިއަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން 13 ފަހަރު ޖަލަށްލީކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީ ފަށައިގަތްއިރު، އެމްޑީޕީއަށް ހަރަދުކުރާނެ ވިޔަފާރިވެރިންނާއި، ބޭރުގެ ޖަމާއަތްތަކެއް ނެތްކަމަށް ފާހަގަކޮށް ޝަރީފް ވިދާޅުވީ، އޭރު ހަރަދުކުރީ އަމިއްލަ ޖީބުންކަމަށެވެ. އަދި ކެމްޕެއިންކުރުމަށް ރަށްތަކަށް ދިޔައީވެސް އަމިއްލަ ފައިސާގައިކަމަށް ވިދާޅުވިއެވެ.

ވާހަކަ ދައްކަން ޖަލްސާއެއް ބާއްވަން، އެއްވެސް މީހަކު ނައިސްގެން ރުކުގައި ލައުޑް ސްޕީކަރު ހިފައިގެން ތަތްކޮށްގެން އަޅުގަނޑުމެން ރައްޔިތުންނާއި މުހާތަބުކުރިން. މީދަ ކައިރި ފަށުގައި ތިއޮތް ހިންމަފުއްޓަށް 11 ފަހަރު އަޅުގަނޑު ދިޔަފަހުން 3 މީހުން، ޖަލްސާއަށް ހާޒިރުވީ.

ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީ ފެށިގެން އައިރު ކުރިމަތިވީ ގޮންޖެހުންތައް ފާހަގަކޮށް ޝަރީފް ވިދާޅުވީ ބޮލަށް ކަޅު ތެޔޮ އެޅައި، އެތަކެއް ކަންތައްތަކާއި ކުރިމަތިވީއިރުވެސް ފަސް ޖެހިފައި ނުވާނެކަން ޝަރީފް ވިދާޅުވިއެވެ. ބޭރުގެ އެކިއެކި ފަންޑުތަކުން އެހީ ހޯދައިގެން ވެރިކަމުގެ ދަހިވެތިކަމުގައި މަސައްކަތް ނުކުރައްވަންކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަށް އޮތް ތާއީދު ރައްޔިތުންގެ މެދުގައި އިތުރުވީ އައްޑޫ މެންބަރުންގެ ގޮތުގައި ތިބި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި އޭނާގެ ހައިބަތުދައްކައިގެންކަމަށެވެ.

އެމްޑީޕީގެ ރައީސްކަމުގައި ހުންނަވާ އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދަކީ މާ ފަހުން ވަޑައިގެން ބޭފުޅެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: