ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި ލިސްޓުގައި އޮތީ އިންޑިއާ ތިން މީހެއްގެ ނަން، ދިހައެއް ނޫން: އަކްރަމް

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިތައް ލިބުނު މީހުންގެ ލިސްޓުގައި، އިންޑިއާ ތިން މީހެއްގެ ނަންކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ފޯމުތަކުން ޝަރުތު ހަމަވާ އެންމެނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ގެޒެޓުގައި އާއްމު ކުރި ލިސްޓުގައި ހުރި ބައެއް ނަންތަކުގައި ނުފޫޒު ގަދަ ވިޔަފާރި އެކި އާއިލާތަކާއި، ސިޔާސީ ޕާޓީތަކުގެ އިސް މީހުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނެ އެވެ.

މި މައްސަލައާއި އެކު މިހާރު ފެންމަތިވެފައިވާ އަނެއް މައްސަލައަކީ އެ ލިސްޓުގައި އިންޑިއާގެ ބައެއް މީހުންގެ ނަންތައް ހިމެނިފައި ވުމުވެ. ރަށްވެހިކަން ބަދަލުކޮށްފައިވާ ބައެއް މީހުންގެ ނަންތައް ލިސްޓުގައި ހިމެނިފައިވާއިރު އޭގެ ތެރެއިން ދެ މީހެއްގެ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވަމުންނެވެ.

ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ އެ މީހުންގެ ރަށްވެހިކަން ރާއްޖެއަށް ބަދަލުކުރިކަމަށް ދައްކަނީ މިދިޔަ ފަސް އަހަރުގެ ތެރޭގަ އެވެ.

15،000 އަށް ވުރެ ގިނަ މީހުންގެ ނަން ހިމެނޭ އެ ލިސްޓުގައި 10 މީހެއްގެ ނަން ފާހަގަކޮށް އެއީ އިންޑިއާ ރައްޔިތުންކަމަށް ބުނެ ދައުރުވަމުންދާ ލިސްޓު މީޑިއާތަކުން ކަވަރު ކުރުމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް، އަކްރަމް ކަމާލުއްދީން ވިދާޅުވީ އެ ލިސްޓުގައި ނަން އޮތީ އިންޑިއާގެ ތިން މީހެއްގެކަމަށާއި އެ މީހުންނަކީ ރަށްވެހިކަން ބަދަލުކޮށްފައިވާ ބައެއް ކަމަށެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އެ ތިން ނަން މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފަ އެވެ. އަދި އިތުރު ބޭރު ބައެއްގެ ނަން ލިސްޓުގައި ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

މީ ރަގަޅު ވާހަކައެއް ނޫން، މީ ގައި ވާ 10 މީހުން ގެ ތެރޭން ވަގުތީ ލިސްޓް ގައި ވަނީ ކުރިންވެސް ފާހަގަ ކުރެވުނު 3 މީހުން.. ވަގުތީ ލިސްޓެއް ނެރުމުގެ ބޭނުމަކި މިހެން ހުރި ކަންތައްތައް ދެނެގަނެ އިސްލާހު ކުރުމަށް ހިންގޭ ޕްރޮސެސްއެއް…. ދާއިމީ ލިސްޓް ނުކުންނާނީ އެކަންކަން ބެލި ރަގަޅު ކުރެވިގެން.

އިންޑިއާގެ ތިން މީހަކު ރަށްވެހިކަން ބަދަލުކޮށް ގޯތި ލިބުނު މައްސަލަ ދިފާއުކޮށް އަކްރަމް ވިދާޅުވެފައި ވަނީ އެއީ ވަގުތީ ލިސްޓެއްކަމަށާއި އެހެންކަމުން މައްސަލަތައް ހުންނާނެ ކަމަށެވެ.

ވަގުތީ ލިސްޓެއްގެ ބޭނުމަކީ ކަންކަން އިސްލާހު ކުރުންކަމަށް ތަކުރާރުކޮށް އަކްރަމް ވިދާޅުވީ ދާއިމީ ލިސްޓުން އެ ކަންކަން ހައްލުވެގެން ދާނެކަމަށެވެ.

މީގެކުރިން ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ ބޭރު މީހެއްގެ ނަން ލިސްޓުގައި އޮތީ އޮޅުމަކުން ކަމަށެވެ. އަދި އޭނާގެ ނަން ލިސްޓުގައި އޮތް ސަބަބެއްކަމަށް އަސްލަމް ވިދާޅުވެފައި ވަނީ ޑީއެންއާރު ސިސްޓަމް ނުވަތަ އައިޑީކާޑު ސިސްޓަމުން އެއީ އެހެން ގައުމެއްގެ ރެޖިސްޓްރީ އޮތް މީހެއްކަން ނޭނގި އޮތުމުންނެވެ. އެ މައްސަލަ ސަމާލުކަމަށް އައުމާއި އެކު، ވަގުތުން އެކަން ހައްލު ކުރުމުގެ މަސައްކަތް ފެށިކަމަށް އަސްލަމް ވިދާޅުވި އެވެ.

މިއީ އޮޅުމެއްކަމަށާއި، ދާއިމީ ލިސްޓުން އެ މީހުންގެ ނަން އުނިވެގެން ދާނެކަމަށް ސަރުކާރުން ބުނި ނަމަވެސް ގޯއްޗަށް ޝަރުތު ހަމަވާކަމަށް ލިސްޓުގައި ނަން އޮތް މީހާގެ އަންހެނުން ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އަދި ރާއްޖޭގައި ދިރިއުޅެ، އޭނާއަކީ މި ގައުމަށް ޓެކްސް ދައްކާ މީހެއް ނަމަ ގޯތި ނުވަތަ ބޯހިޔާވަހިކަން ހައްގު ނުވާންވީ ސަބަބެއް ނެތް ކަމަށް ވެސް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: