ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރެވެލް އެޑްވައިޒަރީގެ ހަބަރުތައް މީޑިއާތަކުން ގެނެސްފައި ވަނީ ރަނގަޅަށް ނޫން: އިނގިރޭސި ސަފީރު

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި އިނގިރޭސި ހައިކޮމިޝަނަރު ކެރޮން ރޮސްލާރ: ފޮޓޯ. ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއް ދީފާނެކަމުގެ ބިރުވެރިކަން އޮތްކަމަށް އިނގިރޭސި ސަރުކާރުން ފާހަގަކޮށްފައިވާކަމަށް ބުނެ ބައެއް ނޫސްތަކުން ޝާއިއުކޮށްފައިވާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު ކެރޮން ރޮސްލާރ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުންވަނީ ރާއްޖެއަށް ޓެރަރިޒަމްގެ ބިރުވެރިކަން އޮތްކަމަށް އެމެރިކާ އަދި އިނގިރޭސި ވިލާތުގެ ސަރުކާރުން އެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް އިލްތިމާޒްކޮށްފައިވާކަމަށް ޝާއިއުކޮށްފައެވެ. އެގޮތުން ދަތުރުވެރިން ސަމާލުވާންވީ ކަންކަން ފާހަގަކުރުމުގެ ގޮތުން ބިނާކޮށްފައިވާ ޓްރެވަލް އެޑިވިޒޮރީ ލެވެލް މަތިކޮށްފައިވާކަމަށް ނޫސްތަކުގައިވެއެވެ. ރިޕޯޓުތަކުގައި ވާގޮތުން، އިނގިރޭސިވިލާތުން މި އެޑްވިޒޮރީ މަތިކުރީ ޖޫން 22 ވަނަ ދުވަހުގައެވެ. އަދި އެމެރިކާއިން އެ އިންޒާރުތައް ދީފައިވަނީ އެއް ދުވަސްފަހުން ޖޫން މަހުގެ 23 ވަނަ ދުވަހުގައި ކަމަށްވެސް ޝާއިއުކޮށްފައިވެއެވެ.

ރާއްޖޭގެ ދިފާއީ ބާރުންވަނީ މިހާރު މި ވާހަކަތައް ދޮގުކޮށްފައިކަމަށްވާއިރު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ކެރޮންވެސް ވަނީ މި މައްސަލައިގެ ހަގީގަތްތައް ސާފުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ޓެރަރިޒަމްގެ މައްސަލައިގައި ނެރިފައިވާ ޓްރެވަލް އެޑްވިޒޮރީ އަކީ ބައިނަލްއަގުވާމީ މައިދާނުގެ ކަންކަން ފާހަގަކޮށް ހިއްސާކޮށްފައިވާ އިރުޝާދުތަކެއްކަމަށެވެ. އަދި އެޑްވިޒޮރީއަށް ގެނެސްފައިވާ ބަދަލުތަކަކީ ސީދާ ރާއްޖެއަށް އަމާޒުކޮށް ގެނެސްފައިވާ ބަދަލުތަކެއް ނޫންކަމަށް ބުނެފައިވާއިރު، އޭނާވަނީ ނޫސްތަކުގައި ވާ ވާހަކަތަކަކީ ހަގީގަތާއި ހިލާފަށް ޝާއިއުކޮށްފައިވާ ވާހަކަތަކެއްކަން ޔަގީންކޮށްދެއްވާފައެވެ.

ބައެއް ނޫސްތަކުގައި ޝާއިއުކުރެވިފައިވާ ރިޕޯޓުތަކާއި ގުޅިގެން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުންތަކެއް ލިބިދާނެކަމަށް ގިނަ ބަޔަކު ދެކޭއިރު، ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމްވެސް ވަނީ މި މައްސަލައިގައި ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ ރިޕޯޓުތަކަކީ މަސްދަރުން ހަބަރު ކަށަވަރު ނުކޮށް، ހަގީގަތަށް ބެލުމެއް ނެތި، ކޮށްފައިވާ މަސައްކަތްތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ “ޔޯލައަކުން ހޯދައިގެން” ޝާއިއުކޮށްފައިވާ ހަބަރުތަކެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހިރާއްޖެގެ އިގްތިސާދަށާއި އަމަންކަމަށް ބުރޫއެރުމުގެ ފުރުސަތު އޮތްކަމަށްވެސް އިޝާރާތްކުރެއްވިއެވެ. މައުސޫމްވަނީ އެ ހަބަރު ޝާއިއުކޮށްފައިވާ ނޫސްތަކުގައި އެޑިޓަރުން ތިބޭކަމާއިމެދު ސުވާލު އުފައްދަވާފައެވެ. މައުސޫމް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން ލިބެނީ ބޮޑު ޒިންމާއަކާއިއެކުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: