ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާގައި އިހުމާލެއް ނެތް، ފެއިލިއާއެއް ވާކަމަށް ގަބޫލު ނުކުރަން: މާރިޔާ

ރައީސް ނަޝީދަށް ހަމަލާ ދިން ރޭ، މާރިޔާ އޭޑީކޭއަށް ވަޑައިގެންނެވުމުން އާއްމުން އިސްތިއުފާއަށް ގޮވަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާގައި ދިފާއީ ވަޒީރެއްގެ ގޮތުން އެކަމުގައި އެއްވެސް އިހުމާލެއް ވާކަމަށް ގަބޫލު ނުކުރައްވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

2021، މޭއި 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާގެ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ނުލިބޭކަމަށް ގައުމީ ދިފާއީ ބާރުންނާއި ފުލުހުން ވެސް ވަނީ ބުނެފަ އެވެ. ދުރާލާ ރާވައި، ގިނަ ދުވަސްތަކެއް ވަންދެން ރައީސް ނަޝީދަށް ފާރަލުމަށް ފަހު ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޮޑެތި ސާޖަރީތަކެއް ކުރަން ޖެހުނެވެ.

ހަމަލާގެ ޝަރީއަތްތައް އަދިވެސް ކުރިޔަށް ދާއިރު މިހާތަނަށް ހުކުމެއް އައީ އެންމެ މީހެއްގެ މައްޗަށެވެ. އަދި ތަހުގީގުތައް ކުރިޔަށް ނުދިއުމާއި، ހަމަލާގެ އެއްވެސް މައުލޫމާތެއް ޑިފެންސް މިނިސްޓްރީއަށް ލިބިފައި ނެތުމަކީ އެއީ އިންޓެލިޖެންސް ފެއިލިއާއެއްކަން ފާހަގަކޮށް ގިނަ ބަޔަކު މާރިޔާގެ އިސްތިއުފާއަށް ވެސް ގޮވާލި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މާރިޔާ ހާޒިރު ކުރުމުން، ޝިޔާމް ވަނީ އެ ހަމަލާ ފާހަގަކުރައްވައި އެއީ މިނިސްޓަރުގެ ފެއިލާއެއްކަމަށް ގަބޫލު ނުކުރައްވަނީތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި މާރިޔާ ވިދާޅުވީ އެކަމުގައި އެއްވެސް ފެއިލިއާއެއް ހިމެނޭކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

”އަޅުގަނޑު ފެއިލްވިކަމަށް ވިދާޅުވާ މައްސަލައިގައި، އަޅުގަނޑު ފެއިލްވިކަމަށް އަޅުގަނޑު ގަބޫލު ކުރޭތޯ ސުވާލު ކުރުމުން ދަންނަވަން.. އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ ގަބޫލެއް ނުކުރަން.…“ މާރިޔާ

މާރިޔާ ވިދާޅުވީ ވަޒީރަކު ފެއިލްވިކަމަށް ބެލެވޭނީ ހަވާލު ކުރެވިފައިވާ ޒިންމާތަކަށް އިހުމާލުވުމުން ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ވަޒީރަކާއި މެދު ފިޔަވަޅު އެޅިދާނެކަމަށް ގަބޫލު ކުރާކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް މާދަމާއަށް ދެ އަހަރުވާއިރު މައްސަލައިގެ ތަހުގީގުތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުގެންދެވޭކަމުގެ ކަންބޮޑުވުން އެބައޮތެވެ. ސެކިއުރިޓީ ބްރީޗްގެ ތުހުމަތުތަކާއި އެކު، ރައީސް ނަޝީދާއި އަރިސް މެމްބަރުން ވަނީ ސަރުކާރުން މައްސަލައިގެ ތެރެއަށް ނުފޫޒުތަކެއް ފޯރުވައި މަޑުޖައްސާލަން މަސަައްކަތް ކުރަކަމުގެ ތުހުމަތުތަކެއްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: