ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިޔާގެ ގިނަ ސުވާލުތެކެއް ޖަލްސާގެ ބައިވެރިންނަށް؛ ޖަވާބަކަށް ލިބުނީ މުއިއްޒު!

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

“އުފާވެރި އަމާން ރާއްޖެ” ނަމުގައި މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓާއި ބެހޭގޮތުން ގިނަ ސުވާލުތަކެއް ޖަލްސާގެ ބައިވެރިންނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ކުރައްވައިފިއެވެ.

މާރިޔާ ވިދާޅުވީ ތިމާއަށް ވުރެ މޮޅު ދެވަނަ މީހެއް ނެތްކަމަށް ހެދިގެން އޮއްޓަރެއް ނެތް ސިޔާސީ ފޮނި، އިދިކޮޅު ކެންޑިޑޭޓުުން މިހާ ގިނަ އިންތިހާބެއް ނުދެކޭ ކަމަށެވެ. މާރިޔާ ވިދާޅުވީ އެލް ބޯޑު ޖަހައިގެން ފެބްރުއަރީ 2012 އިން ފެށިގެން ނޮވެމްބަރު 2018 އަށް ވަޒީރެއްގެ ގޮތުގައި ހުންވައި އަދި މިހާރު މާލޭގެ މޭޔަރަކަށް ހުންނަވައި ވާދަވެރި ކެންޑިޑޭޓު ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒު ހިންގާފައިވާ ޖަރީމާތައް މާލޭގެ ރައްޔިތުނަށް އެނގޭކަމަށެވެ. މާރިޔާ ވަނީ ޖަލްސާއަށް ވަޑައިގަނެފައިވާ ރައްޔިތުންނަށް ގިނަ ސުވާލު ތަކެއް ކުރައްވާފައެވެ.

މާލޭގެ މީހުން ފަތަން ރަސްފަންނު ސަރަހައްދުގައި ނަޖިސް ފެންގަޑެއް ހެދީ ކާކުތޯއާއި، އެތައް ގިނަ މީހުންގެ އެދުމުގެ މަތިންވެސް މޮޅު އިންޖީނިއަރެއް ކަމަށް ބުނެ މާލޭގެ ދެކުނުފަރާތުގައި ނެރެއް ކަނޑައި މަތިމައްޗަށް ހިންގި އެކްސިޑެންޓު ތަކާއި ރައްޔިތުންނާއި އެމީހުންގެ އަގުބޮޑު މުދަލަށްވީ ގެއްލުމަށް ޒިންމާ ވާންޖެހޭނީ ކާކުތޯއާއި، ގުޅީ ފަޅުގައި އެޅި ފުލެޓުގެ އަހުލުވެރިން ކޯޓު އަމުރަކާ ނުލާ އެސްއޯ ފުލުން ލައްވާ ގަދަކަމުން ބޭލީ ކާކުތޯއާއި، މާލެގެ ޕާކިންއަށް ހައްލެކޭ ބުނެ ބޮޑު އަގުގައި ގެނޭ ބާ ދަނގަޑު ގޮތުގައިވެސް ބޭނުން ނުކުރެވޭ އަގުބޮޑު ލިފްޓުތަކަށް ޒިންމާ ވާންޖެހޭނީ ކާކުތޯ ކަމަށް މަރިޠާ ސުވާލު ކުރެއްވިއެވެ. މީގެ އިތުރުން އެންމެ ޒަމާނީ ހައުސިންގ ކަމަށް ބުނެ ރައްޔިތުނަށް ހުވަފެން ދައްކައި 600 އަކަ ފޫޓުގެ ފުލެޓް ނުއަގުގައި އަޅާއި އޭގެ ޓަވަރެއްގައި ދިރިއުޅޭ އެތަށް ހާސް ބަޔަކަށް އެންމެ ތިންހަތަރު ފުލެޓް ދިނީ ކާކުތޯ އާއި، އިސްލާމީ މަރުކަޒުގައި ޖެހީ މާބްލް ކަމަށް ބުނެ ޖެހި ޓައިލް ތަކުން އެތަށް ބަޔަކަށް އަނިޔާވުމުން އެއީ ފެންވަރު ދަށް ޓައިލް ކަމަށްބުނެ ބޮޑު އަގުގައި އަލުން ޓައިލް ބަދަލު ކުރީ ކާކުތޯއާއި އަދި މޮޅު އިންޖީނިއަރަކަށްވެގެން ބޮޑު އަގު ދީފައި ގެނައި ކަދުރު ރުއްތައް މިލާމޯޅިވެ މަރުވުމުން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ކޮންފަރާތަކުން ކަމަށްވެސް މާރިޔާ ވަނީ ޖަލްސާގެ ބައިވެރިންނަށް ސުވާލު ކުރައްވާފައެވެ. މާރިޔާ ރައްޔިތުންނަށް ކުރެއްވި ސުވާލުގެ ޖަވާބަކަށް ޖަލްސާގެ ބައިވެރިން ބުނަމުން ދިޔައީ ހުރިހާ ކަމެއްގެ ޒިންމާ ނަގުއްވަން ޖެހެވަޑާއިގަންނަވާނީ ޑރ. މުއިއްޒު ކަމަށެވެ.

މީގެ އުތުރުން މާރިޔާ ވިދާޅުވީ ރައްޔިތުންގެ ވޯޓު ރިޝްވަތުގެ ފައިސާފޮއްޗަކަށް ވިއްކާ ނުލުމަށެވެ. އަދި އުﷲާވެރި އަމާން ރާއްޖެއަކަށް ރައީސް ސާލިހްއަށް ވޯޓު ދެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: