ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުއަށް ވިސްނެން ފަށައިފި، ދެ ގައުމުގެ އަސްކަރީ ހަރަކާތްތައް އެބަ ކުރިއަށް ދޭ: މާރިޔާ

އިންޑިއާގެ ޑިފެންސް މިނިސްޓަރު ޝްރީ ރާޖްނާތު އަދި ދިވެހި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ / ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންޑިއާ އެކުގައި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާ މަންޒަރު ފެނިވަޑައިގަންނަވާކަމަށާއި އެހެންކަމުން ރައީސް ޑރ މުހައްމަދު މުއިއްޒުއަށް މަގާމުގެ ބުރަދަން ފަހުމްވެވަޑައިގަންނަވަން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ކުރިއަށް ގެންދިޔަ ބައިނަލްއަގުވާމީ ޑިފެންސް ސަމިޓެއްގައި ބައިވެރިވެވަޑައިގެން މާރިޔާވަނީ އެ ގައުމުގެ މީޑިއާތަކަށް ރާއްޖެ އަދި އިންޑިއާ ދެމެދު އުފެދިފައިވާ މައްސަލަތަކާއިމެދު މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމަލުކުރަމުންދަނީ ހަމަވިސްނޭ ބަޔަކު އަމަލުކުރާނެ ގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ. ވެރިކަމަށް ތިން މަސް ދުވަސް ވެފައިވާއިރު، މިހާރު ހިންގަވަމުންދާ މަގުން ކުރިއެރުންތަކެއް ލިބިގެން ނުދާނެކަން ރައީސް މުއިއްޒު އަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ ކޯސްޓުގާޑުން އިންޑިއާގެ ކަނޑުމަތީގެ ހަނގުރާމައިގެ ކުޅިވަރު ހަރަކާތްތެއްކަމަށްވާ “މިލަން 2024” ގައި ރާއްޖެއިން  ބައިވެރިވެފައިވާކަމަށާއި މީގެ ދުވަސްތަކެއް ކުރިން އެކްސެސައިޒް “ދޯސްތީ”ގެ ނަމުގައި ބޭއްވި ހަރަކާތެއްގައިވެސް ރާއްޖޭގެ ސިފައިން ބައިވެރިވެފައިވާކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.

މާރިޔާ ވިދާޅުވީ، ރައީސް މުއިއްޒުއަށް ވެރިކަން ކުރުމުގެ ކަންކަން މަޑުމަޑުން ދަސްވަމުންދާކަމަށާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމަކީ ދުނިޔޭގެ ރައީސްއަށް ވުން ނޫންކަމަށް ވިދާޅުވިއެވެ. އެހެން ގައުމުތަކާއިއެކު މަސައްކަތްކުރުމުގެ ޒިންމާ އެޅިގެންދާކަމަށާއި އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުންވެސް ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން މަސައްކަތްތައް ކުރާކަމަށް ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރަނީ އެގޮތުގެ މަތިންކަމަށާއި އެކަން އެހާލަތު ދެމެހެއްޓުމުގެ ގޮތުން އަވަށްޓެރި ގައުމުތަކުގެ އިތުރުން ގާތް ރަށްޓެހިންނާއިވެސް ގުޅުންތައް ބާއްވާ އިތުބާރުވެސް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: