ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓެލް ހެޑު ޒުހުރީ ވޯޓާއި ގުޅުވައި ސިފައިންނަށް ބިރެއް ނުދައްކާ: މާރިޔާ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ ދީދީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފްގެ އިސް އޮފިޝަލަކު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވޯޓު އެޅުވުމަށްޓަކައި ބިރުދައްކަމުންދާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދޮގުކުރައްވައިފިއެވެ.

ސިފައިންގެ އިންޓެލިޖެންސް ސާވިސްގެ ކޮމާންޑަރަކަށް 2022 ވަނަ އަހަރުގެ ތެރޭގައި އައްޔަނުކޮށްފައިވާ ޖެނެރަލް ޢަބްދުﷲ ޒުހުރީ ރައީސް ސާލިހަށް އިންތިހާބު ކާމިޔާބުކޮށްދިނުމުގެ ގޮތުން ސިފައިންނަށް ވަކި ގޮތަކަށް ވޯޓުއެޅުމަށް ބާރު އަޅައި ބިރުދައްކަމުންދާކަމަށް ބުނެ ދާދި ފަހުން ދިވެހިރާއްޖޭގެ ނޫހެއްގައި ޝާއިއުކުރެވިފައިވެއެވެ.

މާރިޔާ ވަނީ އެ ވާހަކަތަކަށް އޭނާގެ އަމިއްލަ ސޯޝަލްމީޑިއާ މެދުވެރިކޮށް ރައްދު ދެއްވާފައެވެ. އެގޮތުން، ޒުހުރީ އޭނާގެ ދަށުގައި ތިއްބަވާ ސިފައިންނަށް ބިރުދައްކަވާކަމަށް ބުނެ ދެކެވެމުންދަނީ “ކަނޑައެޅިގެން ރޯމާ ދުވާލު” ހަދާފައިވާ “ރޯ ބުހުތާނު” ދޮގެއްކަމަށާއި ސިފައިންގެ ވެރިންނާއި ގުޅޭގޮތުން ހަދަމުންދާ ދޮގުތައް ހުއްޓާލުމަށް މާރިޔާ ގޯވާލެއްވިއެވެ.

އޭނާ ވިދާޅުވީ، ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ސިފައިންގެ ސަފުތައް ރޫޅާލުމަށްކަމަށާއި އެ އަމަލުތައް ކުށްވެރިކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ސިފައިންނަކީ ރައްޔިތުންނަށް ކަމެއް ދިމާވުމުން އެކަމުން ސަލާމަތްކޮށްދިނުމަށް ތައްޔާރަށް ތިއްބެވި ބައެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: