ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ތަޖުރިބާ ހުންނާނެ، ރައްޔިތުންގެ އިހުސާސްތައް ދަނޭ: މާރިޔާ

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ތަޖުރިބާ ހުރި ރައްޔިތުންގެ އިހުސާސްތަސް ދަންނަ ވެރިއެއްކަމަށް އެމަނިކުފާނުގެ ރިޔާސީ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާލޭގައި ބޭއްވި “އުފާވެރި އަމާން ރާއްޖެ” ބޮޑު ޖަލްސާގައި މާރިޔާ ވިދާޅުވީ ދިވެހިރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރެސީ ތައާރަފުވީ ފަހުން މި ރާއްޖެ އަމާންކަމާއި އޮމާންކަމާއި އެކީ ފާގަތި، ތިޔާގި، އުފާވެރި މަންޒިލަކަށް ދިޔުމުގެ ގާބިލްކަމާއި ކުޅަދާނަކާމާއި އަދި ތަޖުރިބާ ހުރި ކެންޑިޑޭޓަކީ ކޮން ބޭފުޅެއްކަން ފާހަގަ ކުރަން މިއަށް ވުރެ ފަސޭހަ އިންތިހާބަކާ ކުރިމަތި ނުލާކަމަށެވެ. އިންތިހާބަށް އެންމެ އަށް ދުވަހަށް ވެފައި އޮތްއިރު ރައްޔިތުންނަށް އެންމެ ބޮޑު އިތް ހިންހަމަޖެހުމަކީ ހަޔާތުގެ އެންމެ ޅަފަތުން ފެށިގެން ޖަޒީރާ ދިރިއުޅުމެއްގެ ތެރެއިން ރައްޔިތުންގެ އުފަލާއި ވޭނާއި، އުނަދަގޫތަކާއި އަދި ތަކުލީފުތަށް އަމިއްލަޔަށް ތަޖުރިބާ ކުރައްވަމުން އުޅެ ބޮޑުވި މިއަދު ރައްޔިތުންގެ ތަކުލީފުތަކާއި ދަތިތަކަށް ބިނާކުރަނިވި އަދި ދެމެހެެއްޓެނިވި ހައްލު ހޯއްދަވާ ދެއްވަމުން ގެންދަވާ ހަރުދަނާ ދުރުވިސްނޭ ރައްޔިތުންގެ ރައީސަކު ހުންނެވުމުން އުފާވެވަޑައިގަންނަވާ ކަމަށްވެސް މާރިޠާ ވިދާޅުވިއެވެ. ކުޑައެއް ބޮޑެއް ޒުވާނެއް އަންހެނެއް ފިރިހެނެއް ދުވަސްވީމީހެއް ނުބަލައި ހުރިހާ ރައްޔތުންގެ ހިތްތަށް ރައީސް ވާނީ ފަތަހަ ކުރައްވާފައިކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް ސާލިހަށް އެނގިވަޑައިގަންނާވާ މިންވަރާއި ގާތަށްވެސް ރައްޔިތުންގެ އިހުސާސްތަކާއި، ކެކުޅުންތަކާއި އަދި ބޭނުންވާކަންކަން މި އިންތިހާބުގައި ދެން ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް އެންގިވަޑައި ނުގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި ފެނިގެންދާ ތަފާތަކީވެސް އެކަމުގެ ހެއްކެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތާހިރު ދިރިއުޅުން، ޖަޒީރާ ރާއްޖެ، އަދި އުފާވެރި އަމާން ރާއްޖެ މިއީ ރައީސް ހަމައެކަނި ވޯޓު ހޯއްދަވަން ގެންގުޅުއްވާ ޝިޔާރުތަކެއް ނޫންކަމަށެވެ. އެއީ އެމަނިކުފާނު ހިތުގެ އަޑިން ގަބޫލުފުޅުކުރައްވާ އަސާސް ތަކެއް ކަމަށް ވިދާޅުވިއެވެ. ވޭތުވެދިޔަ ފަސް އަހަރުގައި ރައިސް ގެންދެވީ ރައްޔިތުންގެ އަސާސީ ބޭނުންތަށް ފުރުއްވާ، ގައުމުގެ މުސްތަގުބަލް ބިނާކުރައްވަމުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައިސް ސާލިހް ވިސްނުންފުޅު ގެންގުޅުއްވީ އުފަންވާ ރަށެއްގެ ގޮތުން ނުވަތަ ދިރިއުޅޭ ތަނެއްގެ ސަބަބުން ރައްޔިތު މީހާއަށް ހައްގުވާ މިންވަރުގައި ތަފާތެއް އޮވެގެން ނުވާނެ ކަން ދައްކުވާދެއްވަމުން ކަމަށް މާރިޔާ ވިދާޅުވިއެވެ. ކުޑަ ރަށެއް ބޮޑު ރަށެއް އަދި ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ތަފާތު ނުކުރައްވާ ރާއްޖޭގެ ހުރިހާ ރަށަކަށް އެންމެ ފަސް އަހަރު ތެރޭގައި ޔަގީން ކޮށްދެއްވީ ސާފު ބޯފެނާއި ނަރުދަމާއާއި، ފެންވަރު ރަނގަޅު ކަރަންޓާއި، ހަމަޖެހިލައިގެން ލަފާ ފުރޭނެ ތަނަވަސް ބަނދަރާއި، އަދި އުމުރުދުވަހަށް ބިންވެރިކަމުން މަހުރޫމު ވީކަމަށް ބަލައިގެން މާޔޫސްކަމުގައި މާލޭގެ އެތަށް ހާސް ރައްޔިތަކަށް ބިންވެރިކަމާއި ގެދިރުވެރިކަން ދެއްވައިގެން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އަމިއްލަޔަށް މޮޅު ކަމުގެ ވާހަކަފުޅު ނުދައްކުވާ ރައިސް އަވަސްވެ ވަޑާއިގަތީ ތައުލީމީ އާޖީލެއް ބިނާކުރެއްވުމަށް ކަމަށެވެ. ރައީސް ކޮށްދެއްވާފައިވާ ކަންކަން ރައްޔިތުންނަށް ހިއްސާކުރައްވަމުން މާރިޔާ ވިދާޅުވީ 18000 އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރަތަމަ ޑިގްރީގެ ފުރުސަތު ފަހު ކޮށްދެއްވައިފާއިވާ ކަމަށާއި، ސްކޫލުތަކާއި ލެބޯޓްރީ ތަކާއި، މަލްޓި ޕާޕަސް ހޯލުތަކާއި، އަދި ކުޅިވަރު ކުޅޭނެ ތަންތަން ހައްދަވާ ދެއްވާފައިވާ ކަމަށެވެ. މީގެ އިތުރުން މިއަދު އައިއޯއަޖީ ގޭމްސްގައި ރާއްޖެ ހާސިލު ކުރަމުން އެދާ ތާރީހީ މެޑަލް ތަށް އެކަމަށް ހެކި ދޭކަމެއް ކަމަށް ވިދާޅުވިއެވެ. ސިޔާސީ ވެރިން ހައްޔަރު ކޮށް ވާދަވެރިންގެ އަޑު ކަނޑުވާލުމުގެ ބަދަލުގައި އެންމެންނަށްވެސް ފުރިހަމަ ސިޠާސީ މިނވަންކަން ދެއްވާ އިސްކުރެއްވީ ކެތްތެރިކަމާއި އޯގާތެރިކަން ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު އެކަކު އަނެކަކަށް އިހުތިރާމުކުރާ މުޖުތަމައުއެއް ބިނާކޮށްދެއްވި ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: