ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރިޔާސަތުން ދަނީ ލިބިފައިވާ ބާރުގެ ބޭނުންކޮށް އެބިއުސްކުރަމުން: އަސްލަމް

ހިތަދޫ އުތުރު ދާއިރަގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ދަނީ ރިޔާސަތަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕު (ޕީޖީ) ގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން އެދިގެން ދައުރުން ބޭރުން ބޭއްވި ޖަލްސާވެސް މިއަދު ކުރިއަށް ނުގެންދެވިގެން ނިންމާލާފައިވާތީ އެކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ޖަލްސާ ކުރިއަށް ގެންދެވުމަށް ނިންމީ ކުއްލިއަކަށް ޖަލްސާއަށް ގޮވާލުމުން އެމްޑީޕީގެ މެންބަރުން މަދުވާނެކަމަށް އުއްމިދުކޮށްގެންކަމަށެވެ. ޖަލްސާ ނިންމާލީ އެކަން އުއްމީދުކުރި ގޮތަށް ނުވުމުންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރިޔާސަތުން މަޖިލީހުގެ ގަވާއިދަށް އަމަލުނުކުރުމަކީ ވަރަށް ބީރައްޓެހިކަމެއްކަމަށެވެ. އަދި މަޖިލީހުގެ ރައީސް ގެންދަވަނީ ގަވާއިދުން އެމަނިކުފާނަށް ލިބިފައިވާ ބާރުގެ ބޭނުންކުރައްވައިގެން، އެބިއުސް ކުރައްވަމުންކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިއީ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ދީފައިވާ ބާރުތަކެއް ނޫންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު އެކުލަވާލެވިފައިވަނީ މަޖިލީސްވީހާވެސް ސްމޫތުކޮށް، އިތުރު މައްސަލަތަކެއް ދިމާނުވެ ވީހާވެސް ފުރިހަމައަށް ހިންގޭނެ ގޮތުގެ ޖާގަ ދެއްވާފައި، ބައެއް އިހުތިޔާރުތައް މަލިހުގެ ރައީސްއަށް ދެއްވާފައި އޮންނާނީ.

އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގެ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަމަށް ފާހަގަކޮށް އަސްލަމް ވިދާޅުވީ މި މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް މިހާރު ކުރަމުންދަނީ މަޖިލީހުގެ ތެރެއިންކަމަށާއި، އަދި އެހެން ގޮތް ގޮތްވެސް ހޯދާނެކަމަށެވެ. ކޯޓަށް ދާނީ މަޖިލީހުގެ ތެރެއިން މި މައްސަލަތަކަށް ހައްލު ނުހޯދިއްޖެނަމަކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ މަޖިލީސް ކުރިއަށް ނުގޮސް ހުއްޓިފައި އޮތީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށައަޅާފައި އޮތުމުން ނޫންކަމަށެވެ. އަދި މިއީ ގަވާއިދުންވެސް ޖާގަ ދޭކަމެއްކަމަށާއި، މި މައްސަލަތައް ކުރިއަށް ގެންދެވޭނެ ގޮތް ގަވާއިދުގައި އެބައޮތްކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައިސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށައެޅުމުން އިދިކޮޅުން ފަރާތްތަކުން ގަބޫލުކުރައްވަނީ ދެން މަޖިލީސް ކުރިއަށް ނުގެންދެވޭނެކަމަށެވެ. އަދި ކޮންމެވެސް އެއް މައްސަލައެއް އަލުން އަނބުރާ ގެންގޮސްގެން ނޫނީ ކުރިއަށް ނުގެންދެވޭނެކަމަށް ބައެއް ބޭފުޅުން ގަބޫލުކުރައްވައެވެ. ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވެނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށައަޅާފައިވާތީ، މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާތީކަމަށް އިދިކޮޅާއި، އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންވެސް ހިމެނޭ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފާހަގަކުރިއެވެ.

މި ވާހަކަތަކަށް ތާއިދުކުރައްވާ ރައީސް ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މައްސަލަ އެއްފަހަރާ ހުށައެޅުނު ފަހަރުތަކުގައި، ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދެވީކަމަށެވެ. އަދި އެހެން ދައުރުތަކުގައި ކަން ހިނގާދިޔަގޮތް ފާހަގަކުރެއްވިއެވެ. ނަމަވެސް އަސްލަމް ވިދާޅުވީ މިއީ މިކަން ހިނގައިދިޔަ ގޮތް ނޫންކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސަލިހުގެ އަރިހުން ރައީސް ނަޝިދު އެދިވަޑައިގަތީ މަޖިލީސް ހުއްޓަވާ ނުލެއްވުމަށާއި، މަޖިލީސް ބަންދުވާ ޒާތުގެ އެއްވެސް ކަމެއް ނުކުރެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: