ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް އެމްޑީޕީ މެންބަރުން ސޮއި ހަމަކޮށްފި

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ބޭނުންވާ ސޮއި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ހަމަކޮށްފިއެވެ.

އެމްޑީޕީއިން މި މަސައްކަތް ފެށީ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށައެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމާ އިއްޔަގެ ދެވަނަ ޖަލްސާ ނިންމަވާލެއްވުމުންނެވެ. އިއްޔަ އިމްތިޔާޒާއި، ސޫލުކު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ކޮމިޓީ ބައްދަލުވުމުގައި އީވާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ވަނީ ނިންމާފައެވެ.

މިކަމާއި ގުޅޭ ގޮތުން އެމްޑީޕީ ޕާލިއަމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި މިއީ ސީދާ ޕާލިމަންޓް ގުރޫޕުން މަޝްވަރާކޮށްގެން ކުރިއަށްދާކަމެއް ނޫނެވެ. ނަމަވެސް އެކަމާއިމެދު މަޝްވަރާ ކުރައްވާނެކަމަށް އަސްލަމް ވިދާޅުވިއެވެ. އީވާ ވަކި ކުރުމަށް 22 އަށްވުރެ ގިނަ މެމްބަރުން ސޮއި ކޮށްފައިވާކަމުގެ މައުލުމާތު ލިބޭކަމަށް އަސްލަމް ވަނީ ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެމްޑީޕީއިން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅިއެވެ. އެފަހަރު މައްސަލަ ކުރިއަށް ނުގެންދެވުނީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށައަޅާފައި އޮތުމުން، ދެބޭފުޅުންވެސް ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަތުމުން، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތުގައި އިންނެވުމުން އިހުތިޖާޖުކޮށް މަޖިލީހުގެ ނިޒާމު ގެއްލުވާލުމާއި ގުޅިގެންނެވެ.

ކުރިން އީވާގެ އިތުބާރު ނެތްކަމުގެ މަޖިލީހަށް ހުށައެޅީ 50 މެމްބަރުންގެ ސޮޔާއިއެކުއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ލިބިވަޑައިގެން ނާކާމިޔާބީއަށްފަހު އެމްޑީޕީއިން ވަނީ މި މައްސަލަ އަނބުރާ ގެނެސްފައެވެ. އެއަށްފަހު ރައީސްގެ މައްސަލަ ވަކިން ހުށައެޅުއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: