ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހަކީ އަޅާލައި، ހެޔޮ ބަހެއް ބުނާނެ މީހެއް ނެތް ޔަތީމެއް: އަބްދުއްރަހީމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާއި ވަގުތީ ގޮތުންް ހަވާލުވެ ވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހެޔޮ ބަހެއް ބުނާނެ ދިވެހި އެއްވެސް ރައްޔިތެއް މިއަދު މުޖްތަމައުގެ ތެރޭގައި ނެތްކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާއި ބައްދަލުކޮށް އަބްދުއްރަހީމް ވިދާޅުވީ، ދިވެހި ރައްޔިތުން ތިބީ އުވާވެރިކަމާއި ފާގަތިކަން ގެނެސްދޭނެ ވެރިއަކު އިންތިހާއަށް ބޭނުންވެފައިކަމަށެވެ. އަދި ހާއްސަކޮށް ފުދުންތެރިކަމާއި ގާބިލުކަން ހޯދައިދޭނެ ވެރިއަކު ބޭނުންވާ އެތައް ރައްޔިތުން މިއަދު ގައުމުގައި އެބަތިބިކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވީ، ދިވެހި ރައްޔިތުން އިއްތިފާގު ވަނީ އެ ވެރިއަކީ ރައީސް ޔާމީން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންސާފުން ބޭރުން ރައީސް އަބްދުﷲ ޔަމީނަށް އެތައް އަނިތައް ދެމުން ގެންދާއިރު އޭގެ ހައްގު އަދަބު ރައީސް ސޯލިހާއި އަރާ ހަމަނުކުރާނެކަމަށް އެމަނިކުފާނު ދެކިގެން ނުވާނެ ކަމަށެވެ.

މިވެރިކަން ނިމުމަކަށް ގެނެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ތަކުރާރު ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އޭގެ ސަބަބަކީ ސަރުކާރަށް ހެޔޮ ބަހެއް ބުނާނެ މީހެއް ނެތުން ކަމަށެވެ. އަދި ރައީސް ސޯލިހަކީ އެކަނިވެރިއެއްކަމަށާއި، އެމަނިކުފާނަކީ އަޅާލާނެ މީހެއް ނެތް ޔަތީމެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ސަރުކާރު މިއޮތީ ނިމިފަ، އިބްރާހިމް މުހައްމަދު ސޯލިހު އެކަނިވެރިވެއްޖެ… އޭނަ ޔަތީމު ކުއްޖެއްގެ ހާލަތަށް ހިނގައްޖެ… އަޅާލާނެ މީހެއް ނެތް… ހެޔޮބަހެއް ބުނާނެ މީހެއް ނެތް..

ހައިކޯޓުގައި މިވަގުތު ކުރިޔަށް ދާ ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތަކަށް ފަހު ރައީސް ޔާމީން މިނިވަންވާނެކަމުގެ އުންމީދު އެބައޮތްކަމަށް ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އޭނާގެ ނަޒަރުގައި ހައިކޯޓުގައި ތިއްބެވީ ގާބިލު އިންސާފަށް ލޯބި ކުރާ ފަނޑިޔާރުންނެވެ. އެހެންކަމުން އިންސާފުން މައްސަލަ ނިންމައިދޭނެކަމަށް އުންމީދު ކުރާކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ހައިކޯޓުން ރައީސް ޔާމީން މިނިވަންވުމުން، ކެމްޕެއިން ހަރަކާތްތައް އިތުރަށް ފުޅާކުރާނެ ކަމަށެވެ. ހާއްސަކޮށް އެމަނިކުފާނު މިނިވަންވުން އެކަނި ވެސް ވެގެންދާނީ، އެހެން އެތައް ޕާޓީއަކުން ކުރާ ހަތަރު މަސް ދުވަހުގެ ކެމްޕެއިނަށްވުރެ މާ ވަރުގަދަ ހަރަކާތަކަށްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: