ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ ދާއިރާގެ ބައިއިލެކްޝަންގައި ވާދަކުރި 3 ކެންޑިޑޭޓަކު ޖޫރިމަނާކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި 3 ކެންޑިޑޭޓަކު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް، ވިދާޅުވީ މިއަހަރުގެ އޭޕްރިލް މަހުގެ 15 ގައި ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ކެންޑިޑޭޓުން ހުށަހެޅި މާލީ ބަޔާންތައް ގަވާއިދާ ހިލާފުވެފައިވާ ކަމަށެވެ.

އެގޮތުން 2023 އޭޕްރިލް 15 ގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި، ވާދަކުރެއްވި 3 ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާފައިވާ، މާލީ ބަޔާންތަކަކީ، ގާނޫނު ނަންބަރު 11/2008 އިންތިހާބުތަކާބެހޭ ޢާންމު ގާނޫނު ގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅާފައިވާ މާލީ ބަޔާނަކަށް ނުވާތީ، އެ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން، ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ގައި ވާދަކުރެއްވި 3 ކެންޑިޑޭޓުންނާއި ، ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުން ކުރެ، ކޮންމެ ފަރާތެއް -/6000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް، އީސީ އިން ނިންމައި، އެ ފައިސާ މި ޖުލައިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ވަނީ ކެންޑިޑޭޓުންނަށް ވަނީ ދަންނަވާފައި ކަމަށް ހަބީބް ވިދާޅުވިއެވެ.

މާލީ ބަޔާނުގައި ގާނޫނު ލާޒިމްކުރާ މިންވަރަށް ފުރިހަމަ ވާންޖެހޭ ކަންކަން ފުރިިހަމަ ނުވާނަމަ، ކުރިޔަށް ހުރި އިންތިޚާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ މެދު ވެސް މިފަދައިން ޢަމަލުކުރާ ގޮތަށްވެސް ކޮމިޝަނުންވަނީ ނިންމާފައިވާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ އެ ދާއިރާގައި ހުންނެވި ކުރީގެ މަޖިލިސް މެމްބަރު އަލްމަރުހޫމް އަލީ ރިޒާ ކެންސަރުގެ އާލަސްކަންފުޅެއްގައި ނިޔާވުމާއި ގުޅިގެންނެވެ. ބައި އިލެކްޝަންގައި ޕީޕީއެމްއިން ވާދަކޮށްފައިވަނީ ކުރިން އެ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ރިޒާގެ ކޮއްކޮ އަލީ ރިޒާ އެވެ.  

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރީ އެމްޑީޕީ އާއި  ޕީޕީއެމްގެ އިތުރުން އެމްއެންޕީ އިންނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކޮށް މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ޝާޒް އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީ އިން ކާމިޔާބު ކުރުމަކީ ސަރުކާރަށް ލިބުނު ކުރިއެރުމެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. ފައްޔާޒްގެ އިތުރުން އެމްޑީޕީގެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހްވެސް ވަނީ ގުރައިދޫ ދާއިރާ އެމްޑީޕީއަށް ލިބިގެން ދިއުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ.
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: