ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށާއި، އެމްޑީޕީއަށް މުޅި ރާއްޖެއަށް ނުފޫޒެއް ނުފޯރުވޭނެ، 2023 ކާމިޔާބު ކުރާނީ ޕީޕީއެމް: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށާއި، އެމްޑީޕީއަށް ހުރިހާ ރައްޔިތުންނަށް ނުފޫޒު ނުފޯރުވޭނެކަމަށާއި، މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމްއިންކަމަށް ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިއްްޔަ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ކާމިޔާބުކުރުމަށް އިންތިހާބަށް ނުފޫޒު ފޯރުވިކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންއިން ތުހުމަތުކުރެއެވެ. އެގޮތުން ވޯޓު ފޮށިތަކަށް ރަޖިސްޓްރީ ކޮށްފައިވާ އަދަދަށްވުރެ ގިނައިން ވޯޓު އެޅިކަމަށާއި، އަދި އިންތިހާބުގެ ވޯޓުލުމުގެ ވަގުތު ޕީޕީއެމްއާއި މަޝްވަރާނުކޮށް، އިތުރުކުރީ އެމްޑީޕީ އިންތިހާބުން ބަލިވާނެތީކަމަށް އިދިކޮޅުން ބުނެއެވެ.

ރޯދަ ވީއްލުމަށްފަހު ވޯޓު ފޮށިތައް ގުނާ ގޮތަށް ބަދަލުކުރީތީވެސް އިދިކޮޅުން ތުހުމަތުތަކެއްކޮށްފައިވާއިރު، އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީއިން އެ ޕާޓީގެ ކެނޑިޑޭޓު އިބްރާހީމް ޝާޒްއަށް އިންތިހާބު ކާމިޔާބުވާ ގޮތަށް ނަތީޖާ ނެރުނީ ނުފޫޒު ފޯރުވާ، އެތައް މިލިއަން ރުފިޔާއެއް ބަހައިގެންކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށާއި، އެމްޑީޕީއަށް ރާއްޖޭގެ އެންމެންނަށް ނުފޫޒު ނުފޯރުވޭނެކަމަށާއި، ފައިސާ އަކަށް ހުރިހާ ރައްޔިތުންނެއް ނުގަނެވޭނެކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވެފައިވަނީ އިދިކޮޅުން ރިޔާސީ ކެނޑިޑޭޓު މިނިވަންކޮށް، ޕީޕީއެމްއިން 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: