ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ ވަނީ އާއްމު ފަރާތްތަކަށް 2.8 ބިލިއަނެއްހާ ރުފިޔާ ދަރާފަ: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އާއްމު ފަރާތްތަކަށް ގާތްގަނޑަކަށް 2.8 ބިލިއަނެއްހާ ރުފިޔާ ދޭން އެބައޮތް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ފައިސާ ދިނުން އަވަސްކުރުމަށް އެދި މަޖިލީހަށް ގަރާރެއް ހުށަހަޅަމުން އާދަމް ޝަރީފް ވިދާޅުވީ ފެނަކައިން ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ޝަކުވާ އެބޭފުޅުންނާ ހަމައަށް އައިސްފައިވާ ކަމަށެވެ.

ގަރާރު ހުށަހެޅުމުގެ ކުރިން އަޅުގަނޑު ފެނަކައިގެ 3 މުވައްޒަފަކާ އެކަމާ ވާހަކަ ދައްކާ އެކަން ވެގެންއުޅެނީ ކީއްވެގެންތޯ ވެސް ބަލަން އަޅުގަނޑު މަސައްކަތް ކުރިން.

ފެނަކައިން ފައިސާ ދޭންޖެހޭ ގިނަ ކުންފުނިތަކަށް ފައިސާ ނުލިބިފައިވާ ކަމަށާއި، އޭގެތެރޭގައި ގިނަ އަދަދެއްގެ ކުދި ވިޔަފާރިވެރިން ހިމެނޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވިޔަފާރިތަކުގެ ހާލަތު އިތުރަށް ދަށަށްގޮސް ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ނުދެވި އަދި ބައެއް ކުންފުނިތަކުން އޮފީސް ހިންގުމަށް ކުއްޔަށް ހިފާފައިހުރި ތަންތަނަށް ފައިސާ ނުދެއްކި އެފަދަ ބޮޑެތި ގޮންޖެހުންތަކެއް  ފެނަކައިން ފައިސާ ދޫނުކޮށް ނުވަތަ ފައިސާ ހިފަހައްޓަމުންދާތީ ކުރިމަތިވެފައިވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ފެނަކައިން ސަޕްލައިޔަރުންގެ ގޮތުގައި ހިދުމަތް ބޭނުންކުރުމަށްފަހު ފައިސާ ނުދީގެން ބައެއް ކުދި ވިޔަފާރިތައް ބަނގުރޫޓްވެގެން ގޮސްފައިވާ ކަމަށެވެ.

ފެނަކައިން ފައިސާ ދޭންޖެހޭ ފަރާތްތަކަށް ފައިސާ ނުދީގެން މަޖިލީހުގެ ނިމިދިޔަ ދައުރުގެ ތެރޭގައި މީގެ ދެމަހެއްހާ ދުވަސް ކުރިން ފެނަކަ މައި އޮފީސް ދޮރުމަތީ މުޒާހަރާކޮށްފައިވެއެވެ.

މީގަ ގަބޫލު ކުރަންޖެހޭ ހަގީގަތަކީ 2.8 ބިލިއަން ވަރުގެ އަދަދެއް ފައިސާ ދޫނުކޮށްވާއިރު، މި މައްސަލައިގައި ބައެއް ފަރާތްތަކުން ޝަރީއަތަށް ގޮސްފައިވޭ.

އާދަމް ޝަރީފް ވިދާޅުވީ ކުންފުނީގެ ހާލަތު އެހިސާބަށް ދާއިރު އެކަން ވެގެންއުޅޭ ގޮތެއް ވަރަށް ރަނގަޅަށް ބަަލާ ދިރާސާ ކުރަންޖެހޭ ކަމަށެވެ.

މިހާ ހިސާބަށް ކުންފުންޏެއްގެ ހާލަތު ދާއިރު، އެތަނުގެ ހިންގުން މިއޮތީ ކިހިނެއްކަން އަދި އެތަނުގެ މާލީ ހާލަތު ހަގީގަތުގައި އޮތީ ކިހާވަރަކަށް ކަން އަޅުގަނޑު ހިތުން އިންޑިޕެންޑެންޓް ފާމަކުން އެބަޖެހޭ ރަނގަޅަށް ބަލައިލާ ދިރާސާކޮށްލަން

އާދަމް ޝަރީފް ވިދާޅުވީ ފެނަކައިގެ މާލީ ހާލަތު ދަށްވެ އާއްމު ފަރުދުންނަށް ދޭންޖެހޭ ފައިސާ ނުދެވޭގޮތް ވުމަށް ދިމާވީ ވަރަށް ގިނަ ސަބަބުތަކާހެދި ކަމަށެވެ.

ފެނަކައިގެ ދަރަނި ބޮޑުވެގެން ދިޔައީ އެކުންފުންޏަށް ލިބޭ އާމްދަނީ އަށްވުރެ ބޮޑެތި ހަރަދު ކުންފުނިން ކުރަންޖެހޭ ގޮތަށް ތަނުގެ ސިޔާސަތުތަކާއި މަސައްކަތްތައް ސަރުކާރުގެ ނުފޫޒާ އެކީގައި ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ވަރަށް ބޮޑަށް ބަދަލުވެގެން ދިއުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ކުންފުންޏަށް ނުކަތާ ވަރަށް އިންތިހާބުތަކާ ހާއްސަކޮށް ބައިއިލެކްޝަންތަކާ ދިމާކޮށް އުފެއްދި ސިޔާސީ މަގާމްތަކުގެ ސަބަބުން ހަގީގަތުގައި ތަނުގެ ހަރަދު އިންތިހާއަށް ބޮޑުވެގެންދާކަން ފާހަގަކުރެވިގެން ގޮސްފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ކުންފުނީގައި ޖަވާބުދާރީވާން ތިބި ބޭފުޅުންނަށް ސަރުކާރުގެ އިސްވެރިންގެ ނުފޫޒު އިންތިހާ ދަރަޖައަށް ބޮޑުވުމާއެކު އެމައްސަލައިގައި ސަރުކާރުގެ ފަރާތުން ޖަވާބުދާރީ ކުރުވަން ތިބި ފަރާތްތަކުން ފެނަކައިގެ އިސްވެރިންގެ ޖީބަށް ވެއްޓިފައިވުމަކީ އާއްމު ފަރާތްތަކަށް ފައިސާ ނުދޭ މައްސަލައިގައި ކުންފުންޏަށް އެހާ ބޮޑެތި މާލީ ގެއްލުންތަކެއް ލިބުމަށް މެދުވެރިވި ސަބަބެއް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ފެނަކައގައި ކޮރަޕްޝަން އިންތިހާއަށް ބޮޑު ކަމަށް އާދަމް ޝަރީފް ތުހުމަތު ކުރެއްވިއެވެ، އެގޮތުން މާލެއިންނާއި ރަށްރަށުން ކުޑައަގުގައި ލިބެން ހުންނަ އައިޓަމްތައް ވަރަށް ބޮޑު އަގެއްގައި ފެނަކައަށް ގަނެފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ފެނަކަ އަށް ވިއްކާތީ އާއި އެފައިސާ ފެނަކައިން ނުލިބޭނެ ކަން އިނގޭތީ އާއްމު ފަރާތްތަކުން އެތަކެތި  އަގު ބޮޑުކޮށް ވިއްކާފައިވާކަން ފާހަގަކުރެވޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: