ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ 71.9 މިލިއަން ރުފިޔާގެ 31 މައްސަލައެއް އޭސީސީގައި: ހަސަން ލަތީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 71.9 މިލިއަން ރުފިޔާގެ 31 މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް އެކުންފުނީގެ މުވައްޒަފުން ހުށަހަޅާފައިވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ހުށަހަޅާފައިވާ ގަރާރަށް ރައްޔިތުން މަޖިލީހުގައި ވަނީ ބަހުސް ކުރައްވާފައެވެ.

ހަސަން ލަތީފް ވިދާޅުވީ އެއީ ވަރަށް ކަންބޮޑުވާ ކަންކަން ކަމަށާއި އަދި އެ ގަރާރުގައި ވާ ކަންކަމަށް ތާއިދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކުން އެކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އެއީ މުހިންމު ކަމެއްކަމަށެވެ.

ފެނަކާގައި މައިގަނޑު ތިން މައްސަލައެއް ފާހަގަކުރެވޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ރައްޔިތުން ލައްވާ ކުދި ކުންފުނިތަށް މެދުވެރިކޮށް ކޮށްފައިހުރި މަސައްކަތަށް ހޯދައިފައިވާ ފައިސާ އެ ކުންފުނިތަކަށް އަލުން އަނބުރާ ދެއްކޭނެ ގޮތެއް ސަރުކާރުން ހޯދަން ޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެނާ ވިދާޅުވީ އެތަށް ކުންފުންޏަކުން އެތަކެއް ބައިވަރު މަސައްކަތްތަކެއްކޮށް، މިލިޔަނުން ރުފިޔާ ނަގާފައިވާކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ އެކުންފުނިތަކަށް ނުލިބިހުރި ފައިސާއަކީ އެކުންފުނި ތަކުގައިތިބި ވެރިންނާއި އަދި މުވައްޒަފުނަށް އެމީހުންގެ އާމްދަނީގެ ގޮތުގައި ލިބެންހުރި ފައިސާ ކަމަށާއި އަދި އެފައިސާވަނީ ދައުލަތުގައި ހިފެހެއްޓިފައި ކަމަށެވެ.

ދެވަނަކަމަކަށް އޭނާ ފާހަގަކުރެއްވި ފެނަކައިގެ ކޮރަޕްޝަންގެ ވާހަކައެވެ. ހަސަން ލަތީފް ވިދާޅުވީ އެމައްސަލަ ތަކަކީ އެއީ ބެލެން ޖެހޭނެ މައްސަލަތަށް ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަތަށް ނުބެލި ހުރިކަމުގައިވާނަމަ އެއީ ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކަށް އެކަންކަން ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމެއްކަމަށެވެ.

މީގެއުތުރުން ފެނަކައިގައި އެތަށް ބިލިއަން ދަރައްޏެއް އޮތް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެގޮތަށް މިސްމެނޭޖް ކުރެވިފައިވާ އެތަކެއް ކުންފުނިތަކެއް ދައުލަތުގައި ހުރިކަމަށާއި އަދި މިކަންކަމުގެ އޮޑިޓެއް ހަދަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކުންފުނިން ދައްކަންޖެހޭ ރުފިޔާ ވަގުތުން ރައްޔިތުންނަށް އަދި އެކުންފުނިތަކަށް ދެއްކޭނެ ގޮތެއް ދައުލަތުގެ މާލިއްޔާއިން ހޯދަންޖެހޭ ކަމެށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: