ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުއާޒު!

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ހަމަޖައްސައިފި އެވެ.

ވެރިކަމާއި ހަވާލުވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުންފުނިތަކުގެ ވެރިން އައްޔަނު ނުކުރެވި ލަސްވީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން ހަމަޖައްސާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން (ޕީސީބީ) ހުސްކަމެއްގެ ތެރޭގައި އޮތުމުންނެވެ. ކޯރަމް ވެސް ހަމަވާ ވަރަށް މެމްބަރުން ނެތް ޕީސީބީއަށް، އައު މެމްބަރުން ހަމަޖައްސައި ކުންފުނިތަކުގެ އިސްވެރިން މަގާމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައި ވަނީ އިއްޔެ އެވެ.

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަށް މިއަދު ވަނީ މެނޭޖިން ޑިރެކްޓަރުން ހަމަޖައްސާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮރަޕްޝަނުގެ އެންމެ ބޮޑެތި ތުހުމަތުތައް ކުރެވުނު ފެނަކައަކީ، ތަފާސްހިސާބުތައް ދައްކާގޮތުގައި މިވަގުތު އެންމެ ބޮޑަށް ދަރާފައި އޮތް އެއް ކުންފުންޏެވެ.

ފެނަކައިގެ ތެރޭގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ހިންގާފައި ހުރި ގިނަ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

މަލީ ގޮތުން ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާކަމަށް، ވެރިކަމާއި ހަވާލުވުމުގެ ކުރިން އިންތިގާލީ ކޮމިޓީން ވެސް ހާމަކޮށްފައިވާ ފެނަކައަށް މުއާޒު ހަމަޖެއްސީ މިއަދުގެ ވަގުތެއްގަ އެވެ. މުއާޒަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު، މަޑަވެލި ދާއިރާގެ މެމްބަރެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމުގައި މަސައްކަތް ކުރައްވައި އެމަނިކުފާނުގެ އެސިސްޓަންޓް ކެމްޕެއިން މެނޭޖަރަކަށް ހުންނެވި މުއާޒު ވަނީ އާކިޓެކްޗާގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފަ އެވެ.

މިދިޔަ ސަރުކާރުގައި ފެނަކައިގެ އެމްޑީއަކަށް ހުންނެވީ އަހުމަދު ސައީދެވެ. އަދި އިދިކޮޅުގައި ޕީޕިއެމް/ޕީއެންސީ އޮތް އިރު އެ ކޯލިޝަނުގެ އެންމެ ބޮޑެތި ފާޑުކިއުންތަކާއި، ތުހުމަތުތައް އަމާޒުވި އެކަކީ ސައީދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: