ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިން ވެސް ރޯދަ ޑިސްކައުންޓު ހިމަނައި އަލުން ބިލުތައް ފޮނުވަނީ!

ފެނަކަ މެނޭޖިން ޑިރެކްޓަރ މުއާޒް ރަޝީދާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާތުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލަތައް ފޮނުވުމުގެ މަސައްކަތް މިއަދު ފަށައިފައި ވާކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ. 

ފެނަކަ ކޯޕަރޭޝަންއިން “އެކްސް”ގައި ޕޯސްޓެއް ހިއްސާ ކުރައްވާ ބުނެފައިވަނީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް އޭޕްރިލް މަހާއި ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެ ކަމަށެވެ. އެ ކުންފުނިން ބުނެފއިވަނީ އަބަދުވެސް މަސައްކަތް ކުރަމުން އަންނާނީ ސަރުކާރުގެ ވިސްނުންފުޅާ އެެއްގޮތަށް ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ލުއި ގޮތްތައް ހޯދައި ދިނުމަށް ކަމަށެވެ. 

ފެނަކައިން ކަސްޓަމަރުންނަށް ޑިސްކައުންޓު ދިނުމަށް ނިންމާފައިވާއިރު ސްޓެލްކޯ އާއި އެމް.ޑަބްލިޔު.އެސް.ސީން ވެސް ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއިތަކެއް ދިނުމަށް ނިންމާ އެކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެމް.ޑަބްލިޔު.އެސް.ސީން ބަޔާނެއް އެކަމާއި ގުޅިގެން ނެރެފައިވާއިރު އެ ބަޔާނުގައި ބުނެފައިވަނީ ގޭބީސީތަކުގެ ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން ފާއިތުވި ރަމަޟާން މަހުގެ ފެން ބިލަށް އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައިވަނީ ރަމަޟާން މަހުގެތެރޭގައި 11 މާރޗް އިން ފެށިގެން 11 އޭޕްރިލްގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށްކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ 11 މާރޗް އިން ފެށިގެން 11 އޭޕްރިލްގެ ނިޔަލަށް އެ މުއްދަތުގެ ތެެރޭގައި 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދީފައިވާކަމަށާއި އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލްކުރެވިފައިވާ މިންވަރުގެ 24.5 އިންސައްތަ ކަމަށެވެ. ނަމަވެސް ބިލްތަކުގައި ރަމަޟާންމަހު ބޭނުންކުރެވުނު ފެނާއި ކަރަންޓު ހިމެނިފައިވަނީ އެކި މިންވަރަށް ކަމަށާއި ރަމަޟާންމަހުގެ ތެރޭގައި ފޮނުވި ބިލްތަކުގެ އިތުރުުން އެ މަހުގައި ބޭނުންކުރި ފެނާއި ކަރަންޓުގެ އަގަށްވެސް ކަނޑައަޅައިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ލިބޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ ބުނެފައެވެ.

ރޯދަ މަހު ބޭނުން ކުރި ކަރަންޓަށް ޑިސްކައުންޓު ލިބޭހެން އަލުން ބިލުތައް ފޮނުވުމުގެ މަސައްކަތް މިރޭ ކުރިޔަށް ގެންދާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީވެސް ވަނީ ވިދާޅުވެފައެވެ. އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ހަރަދުތުތައް ރޯދަ މަހު ބޮޑުވާތީ، ރައީސް އެންމެ ފުރަތަމަ ނިންމެވީ ރޯދަ މަހު ލިބޭ ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށެވެ. އެކަމަކު ހޫނު މޫސުމާއި ވެސް ދިމާވެ، މި އަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވުމުގެ ޝަކުވާ އާންމު ރައްޔިތުންގެ ވަނީ އިތުރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: