ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައަކީ ސިޔާސީ ނުފޫޒު ފޯރުވުމަށް ހިންގާ ކުންފުންޏެއް: އާމިރު

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުަމަދު އާމިރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ކުންފުނިތަކަކީ ސިޔާސީ ނުފޫޒު ބޭނުުންކުރުމަށްޓަކައި އަސާސީ ހިދުމަތްދިނުމުގެ ނަމުގައި ހިންގަމުންދާ ކުންފުނިތަކެއްކަމަށާއި، އެގޮތުން ފެނަކައަކީ އޭގެ ކުންފުޏެއްކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ފެނަކައިން ކުދި ވިޔަފާރިތަކާއި، ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި، އެ ކުންފުނީގެ މެނޭޖުމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް އެކުލަވާލައި، ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް ހެދުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށައަޅުއްވާފައެވެ.

މި ގަރާރަށް ބަހުސްކުރުމުގެ ވަގުތުގައި އާމިރު ވިދާޅުވީ ފެނަކައިން އާންމު ފަރާތްތަކަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ކަންބޮޑުވުން ދިވެހި ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް އެބަ އޮތްކަމަށެވެ. މިއީ ގިނަ ބަޔަކު އެއްބަސްވާނެކަމެއްކަން އާމިރު ފާހަގަކުރެއްވިއެވެ. އަދި އާމިރު ވިދާޅުވީ ކުދި ވިޔަފާރިތައް ލައްވައި މަސައްކަތްކުރުވުމަށް ފަހު ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން މަޝްރޫއުތައް ޑިފޯލްޓް ވަމުންދާކަމުގެ ޝަކުވާތައް ލިބޭ ކަމަށެވެ.

ފެނަކައަކީ ރައްޔިތުންނަށް އަސާސީ ހިދުމަތްދޭ ކުންފުންޏަކަށްވާއިރު، ކުންފުނި ބަދުނާމުކުރުމުގެ މަގުސަދުގައި މަޖިލީހުގެ އެއްވެސް މެންބަރަކުން މަސައްކަތްކުރައްވާނެކަމަށް ނުބެލެވޭކަމަށް ވިދާޅުވެ، އާމިރު ފާހަގަކުރި ގޮތުގައި ފެނަކައާއި ގުޅޭ ގޮތުން ގިނަ ބައެއްގެ ކަންބޮޑުވުން އޮތީވެސް އެއީ އަސާސީ ހިދުމަތްދޭ ކުންފުންޏަކަށް ވާތީކަމަށެވެ.

އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ދައުލަތުގެ މާލީ ހާލަތު މިހާ ދަށްވެފައިވަނިކޮށް ފެނަކައިން އެތައް ބަޔަކަށް މަސައްކަތްކޮށްފައި ދޭންޖެހޭ ލާރި ނުދެވިވަނިކޮށް، އަޅުގަނޑުމެން ހަމަ ފަސޭހަކުރުމަށްޓަކައި ޑިޖިޓަލް މީޓަރުތަކެއް، ސްމާޓް މީޓަރުތަކެއް ބަހައްޓައިގެން މީހުން ބޭނުންނުކޮށް އެކަންކުރުމަށްޓަކައި މަގުފަހުކުރުމަށް އެތައް ހަރަދުތަކެއް ކުރި ވާހަކަ.

އާމިރު ވިދާޅުވީ ސަރުކާރުތައް ބަދަލުވަމުންދާއިރު، ފެނަކައިގެ ފަރާތުން ދޭންޖެހޭ އަސާސީ ހިދުމަތް ނުހިއްޓިދެވޭނެ ގޮތެއް ހޯދަންޖެހިފައިވާކަމަށާއި، ނަމަވެސް މިކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދަންޖެހޭކަމަށެވެ. އާމިރު ވިދާޅުވީ ބައެއް ކުންފުނިތަކަކީ ސިޔާސީ ނުފޫޒު ބޭނުުންކުރުމަށްޓަކައި އަސާސީ ހިދުމަތްދިނުމުގެ ނަމުގައި ހިންގަމުންދާ ކުންފުނިތައްކަމަށެވެ. ފެނަކައަކީވެސް މިފަދަ ކުންފުންޏެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: