ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިން ހިންގި ފެނާ ނަރުދަމާގެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނުން ހިންގަމުން ދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއުތައް މޯލްޑިވްސް ވޯޓާ އެން ސްވަރޭޖް (އެމްޑާބްލިއުއެސްސީ) އާ ހަވާލުކޮށްފިއެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން “އެކްސް” ގައި ޕޯސްޓެއް ހިއްސާކުރައްވާ ބުނެފައި ވަނީ ފެނަކައިން ރަށްރަށުގައި ހިންގަމުންދާ ފެނާއި ނަރުދަމާގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ފެނަކައާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނެފައިވަނީ މި މަޝްވަރާ ބައްދަލުވުމަކީ ފެނަކައިން ހިންގަމުންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ފެން ކުންފުންޏާއި ހަވާލުކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ޓެކްނިކަލް ލެވަލްގެ މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއުތައް ހިންގާ ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފެނަކަ އާއި ހަވާލުކުރި މިފަދަ މަޝްރޫއުތައް ނުނިމި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ބައެއް ރަށްތަކުގައި މި މަޝްރޫއުތައް ފަށާގައި މެދުކަނޑާލާފައިވާއިރު އަނެއް ބައި ރަށްތަކުގައި މަޝްރޫއުގެ މަސައްކަތް އެއްގޮތަކަށްވެސް ނުފަށާކަމަށް މިސަރުކާރުން ވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ފެނަކަ އިން ކުރިއަށް ގެންދިޔަ 16 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއު މިހާރު އެމްޑަބްލިއުއެސްސީ އާ ހަވާލުކުރުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: