ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫލީ މެދުވެރިކޮށް އާރޯ ފެން މިހާރު ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލެވޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

މޫލީ މެދުވެރިކޮށް އެމް.ޑަބްލިއު.އެސް.ސީ ގެ ޕްރިމިއަމް އާރޯ ފެން މިހާރު ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލެވޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީއިން ހާމަކޮށްފައިވާ ގޮތުގައި މޫލީ މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކުރެވޭނެކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެެވެ.

އާރޯ އަކީ އެމް.ޑަބްލިއު.އެސް.ސީ އިން އުފައްދާ ޕްރީމިއަމް ފެނުގެ ބްރޭންޑެކެވެ. މީގެ އިތުރުން އާރޯ ގެ ފެން ފުޅީ ގެ ޑިޒައިން އުފައްދާފައިވަނީ ޕްލާސްޓިކް ކުނި ވަރަށް ބޮޑަށް މަދު ކުރެވޭނެހެން ކަމުން، ތިމާވެއްޓާ ރައްޓެހި ދިރިއުޅުމުގެ ވައްޓަފާޅި އަށް ލޯބިކުރާ ކަސްޓަމަރުންނަށް މިއީ ފުރިހަމަ ޕްރޮޑަކްޓެއްކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތަށް ދިވެހި ފަންނުވެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ އާރޯ އަކީ ފަރުވާކޮށް މިނަރަލައިޒްކޮށް އިންޑަސްޓްރީގެ މިންގަނޑުތަކަށް އެއްގޮތަށް ފަރުމާ ކުރެވިފައިވާ ވަރަށް ފުރިހަމަ ފެންވަރުގެ ފެނެކެވެ.

ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޮންލައިން މާކެޓްޕްލޭސް މޫލީގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން އިތުބާރާ އެކު ޑިޖިޓަލްކޮށް ވިޔަފާރިކުރުމުގެ ފުރިހަމަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފަހިކޮށްދެ އެވެ.

މީގެ އިތުރުން ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އޮންލައިން ރީޓެއިލަރުންނަށް އިތުރު ކަސްޓަމަރ ބޭސްއަކާއި ގުޅުވާލަދީ ޑެލިވަރީގެ ޚިދުމަތާ އެކު ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް މަގުފަހިކޮށްދެއެވެ. އާރޯ ފެނަށް އޯޑަރު ދިނުމަށް މޫލީ mool.ee/ARO ޒިޔާރާތްކުރައްވާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: