ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތިވެރީގެ ފެނުގެ ނިޒާމު ގާއިމްކޮށް ނިންމައި ކޮމިޝަންކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އއ މަތިވެރީގައި އެމްޑަބްލިޔުއެސްސީން ފެނުގެ ނިޒާމް ގާއިމްކޮށް ނިންމައި ކޮމިޝަންކޮށްފިއެވެ.

އއ މަތިވެރީގެ ފެނުގެ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިންގ މިނިސްޓްރީ އާއި ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން މަތިވެރިއަށް ވަޑައިގެންނެވެ.

މި މަޝްރޫއުގެ ދަށުން، މަތިވެރީގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.

މީގެއިތުރުން ފެން ރައްކާކުރުމަށް ތާންގީ ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.

މަތިވެރި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއަކީ ހައުސިންގ މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮސްގެނ ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އއ މަތިވެރީގައި ގާއިމްކުރި ފެނުގެ މަޝްރޫއަކީ 38.82 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: