ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުރައިދޫގައި ގާއިމް ކުރި ފެނުގެ ނިޒާމް އިފްތިތާހް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމް.ޑަބްލިޔު.އެސް.ސީ އިން ހއ.މުރައިދޫގައި ކުރިޔަށް ގެންދިޔަ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފްތިތާހް ކޮށްފިއެވެ.

ހއ. މުރައިދޫ ފެނުގެ ރަސްމިއްޔާތު އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެވެ. މި ރަސްމިޔާތުގައި ދައުލަތުގެ އިސް ވަޒީރުންނާއި، ކުންފުނީގެ އެމްޑީ ހަސަން ޝާހު އާއި، ފެނަކައިގެ އިސް ވެރިންނާއި އަދި އެކުންފުނީގެ މުވައްޒަފުންނެވެ.

މި މަޝްރޫއުގެ ދަށުން މުރައިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ގާއިމްކޮށް، ފެން ހޮޅީގެ މައި ނެޓްވޯރކު އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. ފެން  އުފެއްދުމަށްޓަކައި ފެން ޕްލާންޓަކާއި އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާންގިއެއްވެސް  ވަނީ ބަހައްޓާފައެވެ. އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް ވަނީ ފޯރު ކޮށްދީފައެވެ.

މުރައިދޫގެ ފެނުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހާވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއު އަށް ހަރަދުވި އަގަކީ 46.85 މިލިއަން ރުފިޔާއެވެ. މި މަޝަރޫއު ނިމުމުން މުރައިދޫގެ ރައްޔިތުންނަށް ސާފު ބޯފުނުގެ ނިޒާމެއް ލިބިގެން ދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: